Advertisement

ޓޫރިސްޓުންނަށް ހާއްސަ ކޮވިޑް އިންޝުއަރެންސް ޕެކޭޖެއް އެލައިޑުން ލޯންޗުކޮށްފި

FacebookTwitterWhatsAppTelegramViber

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކޮވިޑް-19 އަށް ހާއްސަ ބައިތައް ހިމެނޭ އިންޝުއަރެންސް ޕެކޭޖެއް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން ތައާރަފްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެލައިޑް ގުޅިގެން އެކުލަވާލި މި ޕެކޭޖު ތައާރަފްކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވުމާ އެކު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ފަތުރުވެރިންނަށް އިންޝުއަރެންސް ހޯދައި ދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެލައިޑުން ފޯރުކޮށްދޭން ފެށި ޕެކޭޖުގެ ސަބަބުން ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރި ކަަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެލައިޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ، މި ޕެކޭޖުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވުމަށް ފަހު ދާ ހަރަދު ކަވަރު ކުރާނެ ކަމަށެވެ.

“މި ޕެކޭޖުގައި އައިސޮލޭޝަން ފެސިލިޓީ އަށް ހިނގާ ހަރަދު، އިމަޖެންސީ ހާލަތްތަކުގައި މެޑިކަލް ފެސިލިޓީ އަށް ގެންދިއުމަށް ކަނޑުމަގުން ހިނގާ ހަރަދު، އިމަޖެންސީ ހާލަތްތަކުގައި ބޭސްފަރުވާ އަށް ހިނގާ ހަރަދު އަދި މަރުވެއްޖެ ނަމަ ވަޅުލުމަށް ހިނގާ ހަރަދު ހިމެނޭނެ،" ޝަފާޒު ވިދާޅުވި އެވެ.

ފަތުރުވެރިން ރާއްޖެ އައުމުގެ 1 ދުވަސް ކުރިން މި ޕެކޭޖު ނަގަންޖެހެ އެވެ. މި ޕެކޭޖު އޮންލައިންކޮށް ނެގޭނެ އެވެ.

މި ޕެކޭޖުގައި ދެ ޕްލޭނެއް ހިމެނެ އެވެ. އެއީ:

  • އެލައިޑް އިންބައުންޑް: ހަތް ދުވަހަށް 25 ޑޮލަރު، ހަތް ދުވަހަށް ވުރެ އިތުރުވާ ނަމަ 35 ޑޮލަރު
  • އެލައިޑް އިންބައުންޑް ޕްލަސް: ހަތް ދުވަހަށް 35 ޑޮލަރު، ހަތް ދުވަހަށް ވުރެ އިތުރުވާ ނަމަ 45 ޑޮލަރު

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 22،000 އަށްވުރެ ގިނަ ޓޫރިސްޓުން މިހާތަނަށް ރާއްޖެ އައިސްފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top