Advertisement

ހުޅުމާލެއިން ގޯއްޗެއް ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި

FacebookTwitterWhatsAppTelegramViber

ހުޅުމާލޭ ބީޗް ފްރަންޓްގައި އޮތް ގޯއްޗެއް ދެ މިލިއަން ޑޮލަރު (30.5 މިލިއަން ރުފިޔާ)އަށް ވިއްކާލައިފި އެވެ.

ދެ މިލިއަން ޑޮލަރަށް ވިއްކާލާފައި ވަނީ ވ. ތިނަދޫ، މޫނީ ނައިޓް، އަޒްރާ އަބްދުއްރަހުމާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ. އެ ގޯތި ގަނެފައި ވަނީ މ. ހީނާވިލާ، އަހުމަދު މޫސާ އެވެ.

ސިވިލް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނިންމި އެ މައްސަލާގައިވާ ގޮތުން ހުޅުމާލޭގެ އަތިރިމައްޗާ ކައިރީގައި އޮތް އެ ގޯތީގެ ބޮޑުމިނަކީ 1،521.36 އަކަފޫޓެވެ. އެ ގޯތި ވިއްކާލިއިރު، ގޯތީގައި ހަ ބުރީގެ އިމާރާތެއް ރަނގަޅު ފެންވަރަކަށް ވަނީ ހަދައި ނިންމައިފަ އެވެ.

ބިމުގެ އަގުތައް ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވީ ހުޅުމާލެއިން ވިއްކާލި އެ ގޯތީގެ އަގަކީ އާއްމު ރޭޓަށްވުރެ ބޮޑު އަގެއް ކަމަށެވެ.

އިމާރާތް ހަދަން ދިޔަ ޚަރަދު އުނިކުރުމުން، އެ ބިމުގެ އަގު އަކަފޫޓަކަށް 12،000ރ. ޖެހޭނެ ކަމަށް ލަފާކުރެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ގޯތި ވިއްކާފައި ވަނީ އަކަފޫޓެއް 3،000ރ. ގެ ރޭޓުންނެވެ. ނަމަވެސް ފުރަތަމަ ފިޔަވަހީގެ ބީޗް ފްރަންޓާއި ރަށު ތެރޭގެ ބިންތަކުގެ އަގު ވަނީ އަކަފޫޓެއް 7،000ރ. އަށް އަރައިފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top