Advertisement

އުރީދޫ ސުޕަނެޓްގެ ހިދުމަތް ބ. ދަރަވަންދޫ އަށް

FacebookTwitterWhatsAppTelegramViber

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. ދަރަވަންދޫ އަށް ތައާރަފްކޮށްފި އެވެ.

"ދަރިވަރުންގެ ކިޔެވުން، ސިއްހީ ޚިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑްގެ އިންޓަނެޓް ވަރަށް މުހިންމު. އެހެންކަމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބެވި ބޭފުޅުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް" އުރީދޫގެ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެ އެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް، ކުރިޔަށްވުރެ 5 ގުނަ ހަލުވި ސްޕީޑާއި އެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިކޮށް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.

ދަރަވަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top