Advertisement

ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

FacebookTwitterWhatsAppTelegramViber

ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ބުނީ ރާއްޖޭގެ އާބާދީ އާ އަޅާ ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރި ތަކަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ވަނީ ދޫކޮށްފައިވާ ކަމަށެވެ.

"މިހެންކަމުން ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ" އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ ލިސްޓް އެމްއެމްއޭގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ.

"މި އޮތޯރިޓީއިން މިގެންދަނީ މަނީ ޗޭންޖަރުންނާ ގުޅޭ ގަވައިދު އިސްލާހު ކުރުުމުގެ މަސައްކަތް ކުރަމުން ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top