އަގުބޮޑު އިނާމްތަކާއެކު އެސްޓީއޯ މަކިޓާ ޝޯރޫމް އާއި ނިޕޯން ރަމަޟާން ބާޒާރު ފަށައިފި އެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ޖެނެރަލް މެނޭޖަ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާން އެވެ.

ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް 29 ގެ ނިޔަލަށެވެ. އަދި ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ ވެސް ހަމަ އެ މުއްދަތަށެވެ.

މި ޕްރޮމޯޝަންގައި ހާއްސަ ލަކީ ޑްރޯއެއް ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން

  • އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް
  • އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް
  • އަދި ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް
އެސްޓީއޯ މަކިޓާ ޝޯރޫމް އާއި ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން މިއަދު ވަނީ ފަށާފައި. ފޮޓޯ: އެސްޓީއޯ

އިނާމަކީ ކޮބާ؟

  • އެސްޓީއޯ މަކިޓާ ޝޯރޫމްގެ ރަމަޒާން ބާޒާރުގެ ގްރޭންޑް ވިނާއަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ އަގުހުރި މުދާ ލިބޭނެ
  • ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނާއަކަށް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ އަގުހުރި މުދާ ލިބޭނެ