ދިރާގުން އަލަށް ތައާރަފްކޮށްފައިވާ "ސަޅި" ޕްރީޕެއިޑް ޕްލޭންތަކައިއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އިތުރަށް މަޖާ ކޮށްލެވޭނެ އެވެ.

ސަޅި 180 ޑޭސް

ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ - ޖުމްލަ 720ޖީބީ 180 ދުވަހަށް 2699 ރުފިޔާއަށް ލިބޭނެ އެވެ. މި ޕްލޭން ހޯދަން ‘S4GB6M’ ޖަހާފައި 343 އަށް އެސްއެމްއެސްކޮށްލުމުން އެކްޓިވޭޓްވާނެ އެެވެ.

ސަޅި 365 ޑޭސް

މި ޕްލޭނުން ޖުމްލަ 365ޖީބީ 1 އަހަރުގެ މުއްދަތަށް 2999 ރުފިޔާއަށް ލިބެއެވެ. މި ޕްލޭން ހޯދަން ‘S1GB1Y’ ޖަހާފައި 343 އަށް އެސް.އެމް.އެސްކޮށްލުމުން އެކްޓިވޭޓް ވާނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު އެޕް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.