ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނައި ހެޔޮ ބަދަލުތަކާއކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" ސޯޝަލް މީޑިއާ، އެސްއެމްއެސް، ކޯލް ވެސް ކުރެވޭނެ ކަމަށް ބުނެފި އެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަކީ:

  • ޕޯސްޓްޕެއިޑް 1،000: 40 ޖީބީ ކޯ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށް ވެސް ހިލޭ ގުޅާލެވޭނެ.
  • ޕޯސްޓްޕެއިޑް 1،700: 100 ޖީބީ ކޯ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށް ވެސް ހިލޭ ގުޅާލެވޭނެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް. މިގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ." ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވި އެވެ.

އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކުރެވޭނެ އެވެ.

މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު http://bit.ly/3lqQGbJ އިން ލިބޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.