ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ "ސަޅި މަންތުލީ" ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްލޭނާއެކު ކަސްޓަމަރުންނަށް މިހާރު އެންމެ 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް 3ޖީބީ ޑެއިލީ ޑޭޓާ ނެގޭނެ އެވެ. އަދި މަހަކު ޖުމްލަ 90 ޖީބީ ލިބޭ މި ޕްލޭން ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް "S2GB30" ޖަހާފައި އެސްއެމްއެސްއެއް ވެސް ކުރެވިދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.