ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ޕްރޮވައިޑަރުގެ އިތުރުން އެލައިޑް އިންޝުއަރަންސަކީ އެންމެ އިންޝުއަރަންސް ކުންފުނިތަކުގެ ތެރެއިން އެންމެ އީޖާދީ ކުންފުނި ވެސް މެ އެވެ. އެލައިޑުން އަބަދުވެސް ބަލަމުން ގެންދަނީ ކަސްޓަމަރުންނަށް އެންމެ އެކަށޭނަ އިންޝުއަރަންސް ޕްލޭންތައް ވީހާވެސް ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތްތަކަށެވެ.

އެލައިޑް އިންޝުއަރަންސާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން އެތައް ބައިވަރު ކަންކަމަކާ ގުޅޭ ޕްލޭންތައް ކަސްޓަމަރުންނަށް ހުށަހަޅާ އިރު، މީގެ ތެރެއިން ގިނަ ޕްލޭންތައް ވަރަށް ފަސޭހައިން ބައްލަވައިގަނެވޭނެ ގޮތެއް ވެސް ވަނީ ފަހިވެފައެވެ. އެއީ އެލައިޑްގެ އޮންލައިން ޕޯޓަލް "މައި އެލައިޑް"އެވެ.

"މައި އެލައިޑް"އަކީ ތިޔަބޭފުޅުންނާއި އެލައިޑް އިންޝުއަރަންސާ ގުޅުވައިދޭނެ އެންމެ ފަސޭހަ މަގެވެ. މި އޮންލައިން ޕޯޓަލް މެދުވެރިކޮށް، އެލައިޑް އިންޝުއަރަންސާއި އަޔާދީ ތަކާފުލްއިން ހުށަހަޅާ ގިނަ އަދަދެއްގެ ޕްލޭންތަކުގެ މައުލޫމާތާއި ކަވަރޭޖުތައް ބަލާލުމާއި ޕްލޭނެއްގައި ހިމެނޭ އެކިއެކި ގިންތިތައް އަޅާކިޔާލުމާއި އޮންލައިންކޮށް ބައްލަވައިގަތުމުގެ މަގު ވެސް ފަހިވެ އެވެ.

މިސާލަކަށް، އަޔާދީ ތަކާފުލްއިން ހުށަހަޅާ ޓްރެވަލް ތަކާފުލް ޕްލޭނެއް ބައްލަވައިގަތުމަށް ޓަކައި ދަތުރާއި ދަތުރުވެރިންގެ މައުލޫމާތު "މައިއެލައިޑް"އަށް އެންޓާކޮށްލެއްވުމުން އެ މައުލޫމާތަށް ރިއާޔަތްކޮށް އެންމެ އެކަށީގެންވާ ތަކާފުލް ޕްލޭނެއް ހުށަހަޅައިދޭނެ އެވެ. ގޭތެރޭގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ހިޔާވަހި" އަދި "އަހަރެންގެ ހިޔާ" ފަދަ ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނެއް ބައްލަވައިގަންނަވަން ބޭނުންވާ ނަމަ އެ ޕްލޭނުގައި ހިމެނޭ ގިންތިތައް އަޅާކިޔާލުމަށް ފަހު ކަސްޓަމަރުގެ ގެއަށް އެންމެ އެކަށޭނަ ޕްލޭނެއް ވަގުތުން ބައްލަވައިގަނެވޭނެ އެވެ.

"މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އެލައިޑްގެ ހެލްތު އިންޝުއަރަންސާއި އަޔާދީ ތަކާފުލްގެ ހެލްތު ތަކާފުލްގެ ގިނަ ހިދުމަތް ވެސް ހޯއްދެވޭނެ އެވެ. އޭގެ ތެރޭގައި ޕޮލިސީގައި ހިމެނޭ އެކި އެކި ފަރުވާތަކުގެ ލިމިޓު ބެލުމާއި ހުށަހާޅާ ކްލެއިމްތަކުގެ ސްޓޭޓަސް ބެލުން އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ލިސްޓް ބެލުންވެސް ހިމެނެ އެވެ.

ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ނަގަންޖެހޭ ހަލް އިންޝުއަރަންސް ނުވަތަ ހަލް ތަކާފުލް ޕްލޭނެއް ބައްލަވައިގަތުމަކީ ބުއްދިވެރި ގޮތެއް ނަމަވެސް އެކި އުޅަނދުފަހަރުގެ ސްޕެސިފިކޭޝަންސް ތަފާތުވުމުން ހަލް އިންޝުއަރަންސްގެ އަގު ވެސް ތަފާތެވެ. އެހެން ނަމަވެސް "މައި އެލައިޑް" ޕޯޓަލްގައިވާ "ސްމާޓް ކުއޯޓް" ފީޗާ މެދުވެރިކޮށް އުޅަނދުގެ ބޭނުމާއި ވައްތަރާއި އުމުރާއި އަދި އުޅަނދުގެ އަގު ޖެހުމުން އެ އުޅަނދަކަށް ހަލް އިންޝުއަރަންސް ޕްލޭނެއް ލިބޭނެ އެސްޓިމޭޓު އަގެއް ޖެނެރޭޓުކޮށްދޭނެ އެވެ. މިއީ ހަލް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވަން އެދޭ ފަރާތަކަށް ވާނެ ބޮޑު ފަސޭހައެއްކަން ޔަގީނެވެ.

މީގެ އިތުރުން "މައި އެލައިޑް" ޕޯޓަލްއަކީ އަހަރެމެންގެ ތެރެއިން ސައިކަލު ދުއްވާ ކޮންމެ މީހަކަށް ވެސް ވަރަށް ވަފާތެރި އެކުވެރިއެކެވެ. އެއްގަމު އުޅަނދުތަކަށް ލާޒިމު ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް ނުވަތަ ތާޑް ޕާޓީ މޮޓޯ ތަކާފުލް ޕްލޭނެއް "މައި އެލައިޑް" މެދުވެރިކޮށް އޮންލައިންކޮށް ވަގުތުން ބައްލަވައިގަނެވޭނެ އެވެ. އަދި މަގުމަތީގައި ފުލުހުންގެ ޗެކްޕޮއިންޓެއްގައި އިންޝުއަރަންސްގެ ހެކި ދައްކަން ޖެހިއްޖެނަމަ "މައި އެލައިޑް" ޕޯޓަލް ނުވަތަ އެލައިޑް އިންޝުއަރަންސްގެ މޯބައިލް އެޕް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް ނުވަތަ މޮޓޯ ތަކާފުލްގެ އީ- ސްޓިކާ ޓްރެފިކް ފުލުހުންނަށް ވަގުތުން ދައްކާލެވޭނެ އެވެ.

އެލައިޑާއި އަޔާދީގެ ބައެއް ޕްލޭންތައް ބަލައިލުމާއި ޕްލޭންތައް ބައްލަވައިގަތުމުގެ އިތުރުން "މައި އެލައިޑް"އިން ހިފޭ އެންމެ މުހިންމު އެއް ބޭނުމަކީ ހާދިސާއެއް ކުރިމަތިވެގެން އިންޝުއަރަންސް ޕްލޭނެއްގެ ބޭނުން ހިފުމުގެ ގޮތުން ކްލެއިމްއެއް ސަބްމިޓްކުރުމެވެ. "މައި އެލައިޑް" ޕޯޓަލްގައި އިންނަ "ކްލެއިމްސް" ޕޭޖަށް ދުރުވުމަށް ފަހު ކަސްޓަމަރުގެ މައުލޫމާތާއި ހިނގި ހާދިސާގެ މައުލޫމާތާއި އިންޝުއަރަންސް ޕޮލިސީގެ ނަންބަރު ލިޔުއްވުމަށް ފަހު ސަބްމިޓް ކުރެއްވުމުން އެ ހާދިސާ އެލައިޑަށް އެ ރިޕޯޓުކުރެވުނީ އެވެ.

"މައި އެލައިޑް"ގެ ފަސޭހަތަކުގެ ބޭނުން ހިއްޕެވުމަށް "މައި އެލައިޑް" ވެބްސައިޓަށް ދުރުވުމަށް ފަހު ރެޖިސްޓަ ވެލައްވާށެވެ. އަދި އިންޝުއަރަންސްގެ ރައްކާތެރިކަން ކޮންމެ ތަނަކު، ކޮންމެ ވަގުތަކު ވެސް ހޯއްދަވަންވީ އެވެ.