ރޯދަމަހަކީ އަބަދުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ލިބުމުގެ ދަތިކަން އިންތިހާއަށް އިހްސާސް ކުރެވޭ ދަނޑިވަޅެކެވެ. އާންމުންގެ މިފަދަ ޝަކުވާތަކާއި، ނުތަނަވަސްކަމަށް ހައްލު ހޯދައިދިނުމަކީ 1964ވަނަ އަހަރު "އަތިރީ މާފަންނު" ނަމުން އެސްޓީއޯ އުފެދުމުގެ މައިގަނޑު އެއް އަސްލެވެ.

މިގޮތުން މިއަދާ ހަމައަށް ވެސް އެސްޓީއޯ ހިންގަމުން އަންނަނީ މި އަސްލުގެ މަތީގަ އެވެ. އެއިރެއްގައި އާންމުންނަށް ދިމާވެފަވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މާކެޓް ޓްރެންޑްތަކަށް އަންނަ ބަދަލުތަކާއި އެކު ދިމާވެދާނެ ކަންކަމަށް ތައްޔާރުވުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ.

މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަ ތަކެތީގެ އަގުތައް އަރައިގެން ހިނގައިދާނެކަމުގެ ޝަކުވާ އެވެ. އަދި ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮއްފައިހުރުމާއެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތް ކަމުގެ ޝަކުވާ އެވެ. އެއީ ހުޅުމާލޭ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ހިނގައިދާނެކަމުގެ ޝަކުވާ އެވެ. އަދި އެއާއެކު މާލެއަށްދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނެ ކަމުގެ ބިރެވެ. ރަނގަޅު ރޭޓެއްގައި ތަކެތިހޯދުމަށް ބާޒާރުމަތީ އެއްތަނުން އަނެއްތަނަށް ދުވަން ޖެހިދާނެކަމުގެ ނުތަނަވަސްކަމެވެ.

އެސްޓީއޯ އިން ރޯދަމަހާ ދިމާކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފިހާރަ އެ ކުންފުނީގެ އިސްވެރިން ބައްލަވާލައްވަނީ. ފޮޓޯ: އެސްޓީއޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހާއްސަ ފިހާރައެއް

މިފަދަ މުހިންމު ޝަކުވާތައް ދެނެގަނެ، ޒަމާނީ ހައްލު ހޯދައިދިނުމުގެގޮތުން އެސްޓީއޯއިން ވަނީ ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮއްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފަ އެވެ. އެ ކުންފުނީގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމެވެ.

  • ފިހާރަ ހުޅުވުމުގެ މަސައްކަތް މިވަގުތު އަންނަނީ ބާރު ދުވެއްޔެއްގައި ކުރަމުން
  • މާޗްމަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ
  • ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ހިދުމަތް ވެސް ލިބޭނެ
  • ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތައް ލިބޭނެ
  • މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮއްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސް ވެސް ލިބޭނެ

ފިޔާ، އަލުވި، އަދި ބިހުގެ އިތުރު މައުލޫމާތު:

  • މާޗް މަހު ކުރީކޮޅުގައި އެސްޓީއޯއަށް ފިޔާ، އަލުވި، އަދި ބިހުގެ ސްޓޮކް ލިބިގެންދާނެ
  • އަގުތައް ހިފެހެއްޓުމުގެގޮތުން ހުސްވިޔަ ނުދީ އާންމުންނައި ހަމައަށް ފޯރުކޮއްދިނުމަށްވަނީ އެސްޓީއޯއިން ވަނީ މިހާރު ތައްޔާރުވެފައި