ދިރާގު ސަޅި ޕްރީޕެއިޑާއެކު ކޮންމެ ދުވަހަކު ހަ ޖީބީ ޑެއިލީ ޑޭޓާ ދޭން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބ "ސަޅި މަންތުލީ 2" ޕްލޭންއެއް ތަޢާރަފްކޮށްފައިވާ ކަމަށެވެ. މި ސަޅި ޕްރީޕެއިޑް ޕްލޭންއާއެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ޖުމްލަ 180 ޖީބީ އެންމެ 745 ރުފިޔާއަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް "S4GB30" ޖަހާފައި އެސްއެމްއެސްއެއް ފޮނުވައިގެން ވެސް މި ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.