Advertisement

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

FacebookTwitterWhatsAppTelegramViber

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ހަދިޔާ ކޮށްފި އެވެ.

މީގެ ތެރޭގައި، ކުޑަކުދިންގެ ހިޔާ އަށް ބޭނުންވާ 23 ކޮމްޕިއުޓަރު ޑެސްކާއި، އިތުރު 5 ކޮމްޕީއުޓަރު ސިސްޓަމް އާއި އިތުރު ދިރާގު ފައިބަ 100އެމް އިންޓަނެޓް ކަނެކްޝަންއަކާއި ދިރާގުޓިވީ ކަނެކްޝަން ހަދިޔާކޮށްފައިވެ އެވެ. އަދި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެމަތިން، 2 ލެބަށް ބޭނުންވެފައިވާ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ ދިރާގު ޓީވީގެ 7 ކަނެކްޝަން ކުޑަކުދިންގެ ހިޔާގެ އެކިއެކި ފްލޯތަކަށް ހަދިޔާކޮށްފަ އެވެ. އަދި އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަ އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވަނީ، ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމަށާއި އަދި އެ ކުދިންގެ ދިރިއުޅުމުގައި ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ.

މީގެ ކުރިން ވެސް ދިރާގުން އަންނަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރު އެވެ. ހަމަ އެ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއިމުކޮށްދީފަ އެވެ.

މީގެ އިތުރުން، ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމްގައި ގާއިމުކޮށްދީފަ އެވެ.

އިއްޔެ އަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ޝިޔާރަކީ ކޮންމެ ކުއްޖަކަށްވެސް ތައުލީމާއި އުނގެނުމުގެ ފުރުސަތު ތަނަވަސްވެ ބާއްޖަވެރި މުސްތަގްބަލެއް ފަހިވުމެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top