މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ނެޓްވޯކިން އިވެންޓެއް އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ބާއްވައިފި އެވެ.

ކ. މާފުށީގައި "ގެސްޓްހައުސް ނެޓްވޯކިން ލަންޗިއަން"ގެ ނަމުގައި އިއްޔެ ބޭއްވި މި އިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.

ގެސްޓްހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމުގެ މަގުސަދުގައި ރޭވި މި އިވެންޓަށް ދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަޔާދީ އިން ވަނީ މި ހަރަކާތަށް ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި، ޕްރޮޑަކްޓްތައް ތަރައްގީކުރުމުގައި، އިއްޔެ ލިބުނު ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެ ކަމަށް އަޔާދީން ވަނީ ފާހަގަކޮށްފަ އެވެ.

އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީއިން އަންނަނީ މިހާރު ވެސް "ގެސްޓްހައުސް ތަކާފުލް"ގެ ނަމުގައި ގިނަ ގުނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ.

ތިން ގިންތިއަކަށް ބަހާލައިގެން ދެމުން އަންނަ މި ހިދުމަތް ފަރުމާކޮށްފައި ވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށް ވެސް މި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އެގޮތުން ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕާސަނަލައިޒް ކުރުމުގެ ފުރުސަތު ވެސް ފަހިވެފައިވާ ކަމަށް އަޔާދީ އިން ފާހަގަކުރެ އެވެ.

"ގެސްޓްހައުސް ނެޓްވޯކިން ލަންޗިއަން"ގެ ތެރެއިން ކުރިޔަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާއި ބެހޭގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. އަދި މި ނެޓްވޯކިން އިވެންޓް ނިންމާލާފައި ވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް ދިން ހާއްސަ ކެއުމަކުންނެވެ.

Editors Note

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.