ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑްކޮށްގެން ކަސްޓަމަރުންނަށް މިހާރު އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި އަޕްގްރޭޑާއެކު ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ ހުރިހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ އެވެ.

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތައް:

  • ޕޯސްޓްޕެއިޑް 550: މި ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 20 ޖީބީ ޑޭޓާ، ހިލޭ އެސްއެމްއެސް، ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެނިހެން ލޯކަލް ނަންބަރުތަކަށް 1،200 ހިލޭ ވޮއިސް މިނިޓް ލިބޭނެ. (ކުރިން މި ޕެކޭޖުގައި ހިމެނެނީ 10 ޖީބީ ޓޯޓަލް ޑޭޓާ އަދި 300 ހިލޭ ވޮއިސް މިނެޓް)
  • ޕޯސްޓްޕެއިޑް 750: މި ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 30 ޖީބީ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށް ވެސް ހިލޭ ގުޅާލެވޭނެ. (ކުރިން މި ޕެކޭޖުގައި ހިމެނޭނީ ޖުމްލަ 15 ޖީބީ ޑޭޓާ)

ދާދި ފަހުން ދިރާގުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް 1،000 އަދި ޕޯސްޓްޕެއިޑް 1،700 ޕްލޭންތައް ވެސް އަޕްގްރޭޑްކޮށްފަ އެވެ. މި ގެނައި ބަދަލާއެކު މި ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، އެސްއެމްއެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށް ވެސް ހިލޭ ގުޅާލެވޭނެ އެވެ.

އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކުރެވޭނެ އެވެ. ޕޯސްޓްޕެއިޑް ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު http://bit.ly/3lqQGbJ ލިބޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށެވެ.