ހުޅުމާލެ ދެވަނަ ފިޔަވަހިން 17 ބިމެއް ފިނޭންސް މިނިސްޓްރީން ގަނެފި އެވެ.

ސަރުކާރުން މީގެ ކުރިން ވެސް އެކި އެކި ބޭނުންތަކަށް ހުޅުމާލެ އިން ބިން ގަނެފައިވެ އެވެ. މީގެ ކުރިން ވެސް ބިން ގަންނަ އުސޫލުން މި ބިންތައް ވެސް ގަނެފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އަތުންނެވެ. އެއީ ހުޅުމާލޭ ބިމުގެ މިލްކުވެރިކަން އޮންނަނީ އެޗްޑީސީއަށް ކަމަށް ވާތީ އެވެ.

ދައުލަތުން ގަނެފައިވަނީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދު 17 ބިމެކެވެ. އެ ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ.

ހުޅުމާލޭގެ 17 ބިން ގަނެފައި ވަނީ 878 މިލިއަން ރުފިޔާ އަށެވެ އަދި އެ ފައިސީ އެޗްޑީސީއަށް ދައުލަތުން ދައްކާފައިވާތީ މިހާރު އެ ބިންތައް ވަނީ ސަރުކާރަށް މިލްކުވެފަ އެވެ.

އެ ބިންތައް ސަރުކާރުން ގަތީ ކޮން ބޭނުމަކު ކަމެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން ޑިޕްލޮމެޓިކް ބޭނުންތަކަށާއި ސަރުކާރުގެ އެކި ބޭނުންތަކަށް ސަރުކާރުން ހުޅުމާލެއިން ބިން ގަނެފައިވެ އެވެ.