އެސްޓީއޯ ވީކެންޑް ފިއެސްޓާއަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް ބުނެ އެވެ.

އެސްޓީއޯ ވީކެންޑް ފިއެސްޓާއަކީ އެސްޓީއޯ ރަމަޒާން ބާޒާރާ ގުޅުވައި، މިއަދުން ފެށިގެން މާޗް 18ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފްތާ ބަންދެއްގައި ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލަޔަންސް ތަކެތި ގަތުމަށް ހޭދަކުރާ ކޮންމެ 1،000 ރުފިޔާއަކާއެކު އިނާމެއް ލިބޭނެ އެވެ.

ވީކެންޑް ފިއެސްޓާގައި ޚާއްސަ ޑިސްކައުޓްތަކެއް ލިބެ އެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސްކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުން ވެސް މި ފިއެސްޓާގެ ތެރެއިން ޚާއްސަ ޑިސްކައުންޓެއް ދެމުން ގެންދާނެ އެވެ.

އެސްޓީއޯ ވީކެންޑް ފިއެސްޓާއިން ކަސްޓަމަރުން ވިޔަފާރިކުރަނީ. ފޮޓޯ: އެސްޓީއޯ

ވީކެންޑް ފިއެސްޓާގައި ހަވީރު 4:30 ން 6:00 ށް ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންދާނެ އެވެ. އަދި ރޭގަނޑު 8:30 ން 10:00 އަށް ފްރީ ޓޭސްޓިން ކުރިޔަށް ގެންދާނެ އެވެ.

މި ހަފްތާގެ ވީކެންޑް ފިއެސްޓާގައި ހުކުރު ދުވަހު ހަވީރު ވެސް ވަނީ ފްރީ ޓޭސްޓިން ކުރިޔަށް ގެންގޮސްފަ އެވެ.