ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް އެންމެން ވެސް ފައިސާ ރައްކާކުރުމަކީ އާދައެކެވެ. ބޭންކުގައި އެކައުންޓް ހުޅުވައިގެން އާއި ގޭގައި ނަގުދު ފައިސާއާއި ވަކިލާރި އެއްކޮށްގެން ރައްކާކުރެ އެވެ. އެކިއެކި ވިޔަފާރިތަކަށް އިންވެސްޓްކޮށް އެތަންތަނުގެ ސްޓޮކު މިލްކުކުރުމަކީ ފަހަށް ފައިސާ ރައްކާކުރާ ގޮތެކެވެ. އަދި ބޮންޑާއި ސުކޫކް ފަދަ ފައިނޭންޝަލް އިންސްޓްރުމެންޓްސް ގަނެގެން ވެސް ފަހަށް ފައިސާ ރައްކާކުރެވިދާނެ އެވެ.

ފަހަށް ފައިސާ ރައްކާކުރުމަކީ އިންޝުއަރަންސް މެދުވެރިކޮށް ވެސް ކުރެވިދާނެ ކަމެކެވެ. ކޮންވެންޝަނަލް އިންޝުއަރަންސްގެ އިތުރުން އިސްލާމިކް އިންޝުއަރަންސް ނުވަތަ ތަކާފުލް މެދުވެރިކޮށް ވެސް މިކަން ކުރެވިދާނެ އެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެލައިޑް އިންޝުއަރަންސުން ވަނީ ކޮންވެންޝަނަލް އަދި އިސްލާމިކް އިންޝުއަރަންސްގެ ތަފާތު ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ. އެއީ އެކިއެކި ސޭވިންގް ޕްލޭންސްތަކުގެ ގޮތުގައި އެކުލަވާލެވިފައިވާ ލައިފް އިންޝުއަރަންސް ޕްލޭންތަކެވެ.

އެލައިޑުން ރައްކާވެތިބިއްޔާގެ ނަމުގައި ކުރޔަށް ގެންދިޔަ ސީރީޒްގެ ތެރެއިން ކްލަބްހައުސްގައި ކުރިޔަށްގެންދިޔަ ސެޝަންގައި އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވި ގޮތުގައި އިންޝުއަރެންސް ނުވަތަ ތަކާފުލް މެދުވެރިކޮށް ފައިސާ ރައްކާކުރުމަކީ "ފަށާ ދަތުރެކެވެ".

އޭނާ ވިދާޅުވި ގޮތުގައި، ބޭންކެއްގައި މަހަކު 1,000 ރުފިޔާ ޖަމާކުރާ ނަމަ 10 އަހަރު ނިމޭ އިރު 120,000 ރުފިޔާ އެއްވި ނަމަވެސް، އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއްގައި ނަމަ އެ އަދަދުގެ އިތުރުން ޕްލޭނުގައި ހިމެނޭ ރިސްކްތަކުން ރައްކާތެރިކަން ލިބޭނެ އެވެ.

"ލައިފް ޕްލޭންސް މި ނަގަނީ މައިގަނޑު ތިން ހާދިސާއެއް ދިމާވެދާނެތީ. އެއީ ނިޔާވުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ނުވަތަ ބޮޑު ބައްޔަކާ ހެދި ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހި އާމްދަނީ ލިބޭނެ ކޮޅު ބަންދުވުން. މި ތިން ކަމަށް ރައްކާތެރިކަން ލިބޭނެ ސޭވިންގްއަކާއެކު. އިންޝުއަރަންސްގެ ޕްރީމިއަމް ނުވަތަ ތަކާފުލްގެ ކޮންޓްރިބިއުޝަން ދައްކަން ފަށާ ހިސާބުން ދަތުރު ފެށުނީ. ފުރަތަމަ އަހަރު ނުވަތަ ދެވަނަ އަހަރު ތެރޭގައި ވެސް މިކަހަލަ ކަމެއް ދިމާވި ނަމަވެސް އެއްކަލަ 120,000 ރުފިޔާ އެ ދުވަހުން ލިބޭނެ 10 އަހަރު މަޑުކުރާކަށް ނުޖެހޭނެ،" ފިރުޝާން ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވީ ހާދިސާއެއް ދިމާނުވާ ނަމަ ރައްކާކުރަން އަމާޒުކުރި 120,000 ރުފިޔާ، އެއަށް ލިބުނު ފައިދާއާ އެކު 10 އަހަރު ފަހުން ލިބޭނެ ކަމަށެވެ.

"ސޭވިންގްއަށް އިތުރު ބާރެއް މި ލިބެނީ. މި ދަތުރު ފެށުމާއި ދަތުރު މަތީ ދެމިހުރުން މުހިންމީ،" އޭނާ ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް މެދުވެރިކޮށް ފަހަށް ފައިސާ ރައްކާކުރެވޭ ގިނަ ޕްލޭނުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި 5 އަހަރުން ދަށުގެ ކުދިންގެ މަތީ ތައުލީމަށްޓަކައި ފައިސާ ރައްކާކުރުމަށް އެލައިޑްގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސް ޕްލޭނާއި އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން، ފަހަށް ފައިސާ ރައްކާކުރުމަށާއި ލައިފް އިންޝުއަރެންސް ވެސް ހިމެނޭ ގޮތަށް އަޔާދީގެ އިންވެސްޓްމެންޓް ތަކާފުލް، ރައްކާކުރާ ފައިސާ އެކި މުއްދަތުން ނެގޭ ގޮތަށް އޮންނަ އެލައިޑްގެ ކޭޝްބެކް ޕްލޭން، އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ނިޔާވުމުން ސަބަބުން ބޭންކު ލޯނު ދެއްކުމުގެ ޒިންމާއާއި ބުރަ އާއިލާގެ އެހެން މީހަކު އުފުލަންޖެހުނަ ނުދިނުމަށްޓަކައި އެލައިޑްގެ މޯގޭޖް ޕްރޮޓެކްޝަން ޕްލޭން އަދި އަޔާދީގެ މޯގޭޖް ތަކާފުލް ފަދަ ޕްލޭންތަކާ ބެހޭ މައުލޫމާތު، އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.