ދިރާގު ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ގައި ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ "ހައިބްރިޑް" ކޮށްކަމަށް ވާތީ، ޖަލްސާގައި ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރަޖިސްޓާ ކުރުމަށް ހުޅުވާލާފައި ވާނީ:

  • ހިއްސާދާރުންގެ ޕްރީ- ރެޖިސްޓްރޭޝަން: 3 މާޗް ވާ ހުކުރު ދުވަހުގެ 2:15 އިން 19 މާޗް ވާ އާދީއްދަ ދުވަހުގެ 1:00 ގެ ނިޔަލަށް
  • ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 3 މާޗް ވާ ހުކުރު ދުވަހުގެ 2:15 އިން 18 މާޗް ވާ ހޮނިހިރު ދުވަހުގެ 1:00 ގެ ނިޔަލަށް

އެ ކުންފުނިން ބުނީ 14 މާޗް ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ.

ދިރާގުން ވަނީ ޖަލްސާ މާލަމަށް ވަޑައިގެން ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފަ އެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ހާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެ ފަރާތްތަކަށް 19 މާޗު ވާ އާދީއްތަ ދުވަހުގެ 4:00 ގެ ކުރިން އެންގޭނެ އެވެ.

މި ޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި މިމަހުގެ ތިންވަނަ ދުވަހު ޝާއިއުކޮށްފައިވާނެ ކަމަށެވެ. އަދި މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.