ވިލާ ޓްރޭޑިން އެތެރެކުރާ އުފެއްދުންތައް ވިއްކަން ހާއްސަ ހޯސޭލް ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި އެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގަމުން އަންނަ ވިލާގެ ހޯލް ސޭލް ސެންޓަރުން ގިނަ އަދަދެއް ޕްރޮޑަކްޓެއް ލިބެން ހުންނައިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ހިންގަމުން އަންނަ ފަރާތްތަކަށް ބޮޑު ހިތްހަމަޖެހުމަކާއި ފަސޭހައަކަށް ވާނެ އެވެ.

ވިލާ ޓްރޭޑިންގެ ހޯލްސޭލް އައުޓްލެޓް "ވިލާ ޓްރޭޑިން ހޯލްސޭލް ސެންޓަރު" ގެ ނަމުގައި ހުޅުވީ އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގް ގަ އެވެ.

އެ ފިހާރައައިން ވިލާ ޓްރޭޑިންގުން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބެން ހުންނާނެ އެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް މާލެ، ހުޅުމާލެ އަދި ދޯނިތަކަށް ހޯލްސޭލްކޮށް ގަންނަ ތަކެތި ޑެލިވަރީ ކޮށްދޭނެ އެވެ.

ހޯލްސޭލް ކުރުމާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާނަ ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރު 7667711 އަށް ނުވަތަ [email protected] އަށް މެއިލްއެއް ފޮނުވައިގެން މައުލޫމާތު ސާފް ކުރެވޭނެ އެވެ.

ވިލާ ޓްރޭޑިން ދާދި ފަހުން ހުޅުވި ހޯލްސޭލް އައުޓްލެޓް

ވިލާ ޓްރޭޑިން ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް މިހާރު ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިން ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ. ހޯލްސޭލް ދާއިރާގައި ވިލާ ޓްރޭޑިންގުން މައިގަނޑު ގޮތެއްގައި ހޮޓާތައް, ރެސްޓޯރެންޓްތައް އަދި ކެފޭތަކަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އެ އެ ކުންފުނިން ބުނެ އެވެ.

ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް މިވަގުތު ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްސްގެ ތެރޭގައި ތަމީމް ބްރޭންޑުގެ ބާސްމަތީ ހަނޑޫ، ޕްލެއިން ސޮލެއިލް، ބޮބްސް ރެޑްމިލް، އަލްމަރާއި، ފެނާ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ހިމެނޭ ކަމަށް އެ ފިހާރައިން ބުނެ އެވެ. އޭގެ އިތުރުން ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ވިއްކާ އާންމު ތަކެތީގެ ތެރޭގައި އޮރެންޖު، ގަނޑުކުރި ކުކުޅު، ވެޖިޓަބަލް އޮއިލް 18 ލީޓާ ތެޔޮ، ބްރެޒިލް އިން އިމްޕޯޓުކޮށްފައިވާ ގެރިމަސް ހިމެނޭ ކަމަށެވެ.

ވިލާ ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.