މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތައް ވިއްކާ "ލެ ޕާފިއުމް"ގެ ފިހާރަ މަޖީދީމަގުގައި އަލުން ހުޅުވައިފި އެވެ.

ލެ ޕާފިއުމް ހިންގަމުންދާ ކުންފުނި އެސްއެޗްވައިއެންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަސަމް ސައީދު ވިދާޅުވީ އެ ފިހާރައަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ.

"ލެ ޕާފިއުމްގެ ކަސްޓަމާސް އަށް ވަރަށް ޚާއްސަ ސަޕްރައިޒްތައް ވެސް މި އަހަރު ތެރޭގައި ފެނިގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ލެ ޕާފިއުމްގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރުތައް ދިނުން،" ނަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިދީމަގުގައި ކުރިން ހުރި ފިހާރަ ބަންދުކުރުމަށްފަހު އަލުން ހުޅުވީ ކުރީގެ ފިހާރަ މަރާމާތުކުރަން ޖެހިފައި ހުރުމުން، ރީ ލޮކޭޓްކުރުމަށްފަހު އާ ތަނެއްގެ ގޮތުގައި މި ފިހާރަ އަލުން ހުޅުވަން ކަމަށެވެ. އެގޮތުން އިތުރު އައުޓްލެޓްތައް ކުރިމަގުގައި މާލެއިން ފެނިގެންދާނެ ކަމަށް ވެސް ނަސަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އިތުރު އައުޓްލެޓް ހުޅުވަން. އެގޮތުން މިއީ އަޅުގަނޑުމެންގެ ފުރަތަމަ އައުޓްލެޓް،" އޭނާ ވިދާޅުވި އެވެ.

ލެ ޕާފިއުމް އިން މާލޭގެ މަޖީދީމަގުގައި އަލަށް ހުޅުވި ފިހާރަ ބަޔަކު ރޭ ބަލަނީ. ފޮޓޯ | ހުރިހާ

ލެ ޕާފިއުމްގެ އާ ފިހާރަ ހުޅުވީ މަޖީދީމަގުގެ ހެންވޭރު ދަނޑު ކުރިމަތީގަ އެވެ.

އެތަނުން ދުނިޔޭގެ ނަން މަޝްހޫރު ސެންޓްތަކުގެ ތެރޭގައި ހިމެނޭ ރޮބާޓޯ ކަވާލީ، ގޫޗީ، ސީކޭ، ވައިއެސްއެލް، ޕާކޯ ރަބޭން، ކެރަލައިނާ ހެރެރާ، ޒޮން ޕޮލް ގޯލްޓިއޭ، ވަސާޗޭ، މޮންޓް ބްލޯންކް އަދި ޑޭވިޑް އޯފް ފަދަ ބްރޭންޑްތަކުގެ އޮރިޖިނަލް ސެންޓް ލިބޭނެ އެވެ.

ލެ ޕާފިއުމްގެ އާ ފިހާރަ ހުޅުވާފައި ވަނީ ކުރީގެ ފިހާރަ ބަންދުކުރުމަށް ފަހު އެވެ.

ލެ ޕާފިއުމްގެ ކުރީގެ ފިހާރައިން ލިބުނު ބްރޭންޑްތަކުގެ އިތުރުން އެހެނިހެން ތަފާތު ޑިޒައިނާ ބްރޭންޑްތަކުގެ އޮރިޖިނަލް އާއި ގިފްޓް ސެޓް ވެސް އާ ފިހާރައިން ލިބޭނެ އެވެ.

ލެ ޕާފިއުމް އިން މާލޭގެ މަޖީދީމަގުގައި އަލަށް ހުޅުވި ފިހާރަ ބަޔަކު ރޭ ބަލަނީ. ފޮޓޯ | ހުރިހާ

މީގެ އިތުރުން ކެމިކަލް ފްރީ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ބޮޑީ ޝޮޕްގެ ވަރަށް ގިނަ އުފެއްދުންތައް ވެސް އެތަނުން ލިބޭނެ އެވެ.

ބްރޭންޑެޑް ސެންޓްފުޅީގެ އިތުރުން ލެ ޕާފިއުމްއިން އަންނަނީ ދިވެހިންގެ ހަމާ ގުޅޭ އަދި ހުރިހާ ހަމުގެ ކުލަތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މޭކްއަޕް ސާމާނުތައް އެކްސްލޫސިވްކޮށް ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ. އެއީ ފްރާންސްގެ ޕެރިހުގެ އުފެއްދުމެއް ކަމަށްވާ "ބްލެކް-އަޕް" ކޮސްމެޓިކްސް އެވެ.