ރޯދަމަހާއި ޝަައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ދުވާލު ގަޑީގައި މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30އަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ދުވާލު ގަަޑީގައި ޓްރެފިކް ބާރުބޮޑުވާތީ ވެހިކަލްތަކުގައި މުދާ އުފުލޭނެ ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅަ އެވެ.

ޓްރާންސްޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ދުވަސްތަކުގެ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30އަށް އަދި ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލަން ގަޑިތައް ކަނޑައަޅައި އެއާ ހިލާފްވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ.

ޓްރާންސްޕޯޓުން ބުނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ވެސް ތަކެތި ގެންދެވޭނެ ކަމަށެވެ. އެނޫން ވަގުތުތަކުގައި ބްރިޖުން މުދާ އުފުލުމަކީ މަނާ ކަމެކެވެ. އޭގެ އިތުރުން ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ވެސް ކައްކާ ގޭހާއި ފެން އުފުލޭނެ އެވެ. އެނޫން ވަގުތުތަކުގައި އެތަކެތި ވެސް ބްރިޖުގައި ނުއުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފަ އެވެ.