މި އަހަރުގެ މިހާތަނަށް 400،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މި މުއްދަތާއި އަޅާއިބަލާއިރު 23.8 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 440،059 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 355،433 ޓޫރިސްޓުންނާ އަޅާބަލާއިރު 23.8 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިއިން ރާއްޖެއަށް 54،527 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިއާއިން ރާއްޖެއަށް އައިސްފައި ވަނީ 201،957 ޓޫރިސްޓުންނެވެ.

ރަޝިއގެ އިތުރުން އިތުރު ގައުމުތަކުން ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އާދެ އެވެ.

ރަޝިއާ ފިޔަވައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް:

  • އިންޑިއާ - 47،462 ޓޫރިސްޓުން
  • އިނގިރޭސިވިލާތް - 41،126 ޓޫރިސްޓުން
  • އިޓަލީ 39،919 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް 12،934 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ ގައުމަކީ މިހާރު ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6،683ޓޫރިސްޓުން ޒިޔާރަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހަކީ ފާއިތުވި 5 އަހަރުގެ ތެރޭގައި ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.