މަސައްކަތުގެ މާހައުލުގެ ރައްކާތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

މަސައްކަތުގެ މާހައުލުގެ ރައްކަތެރި ކަމާއި ވަޒީފާ އަދާ ކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު، އަހުމަދު އެވެ.

ރައްޔިތުންގެ މަޖިލީހުންުނީ މަޖިލީހުގެ އިޖުތިމައި ކޮމެޓީން ދިރާސާ ކުރަމުން ގެންދާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބިލާގުޅިގެން އާންމު ރައްޔިތުންގެ ހިޔާލު އޮތް ނަމަ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ އީމެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ މަސައްކަތްތެރިން މަސައްކަތް ކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި، މަސައްކަތެރިންނާއި މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވިދުޅާވި އެވެ.

އެ މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލު ދެވޭނެ ނިޒާމެއް ވެސް މި ބިލް ފާސްވުމުން ލިބިގެންދާނެ ކަމަށް ވެސް މެމްބަރު ބިލު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.