އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތަކާއެކު މި އަހަރުގެ ރަމަޟާން މަސް ފަށައިފި އެވެ.

ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެ ކުންފުނިން މި އޮފާތައް އިއުލާނުކޮށްފައިވާއިރު، މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހާއްސަ އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރަމަޟާން ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފަ އެވެ. މި ކުރު ފިލްމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައި ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މި އަހަރުގެ މި ބަރަކާތްތެރި ރަމަޟާން މަސް، ކަސްޓަމަރުންނަށް ވަރަށް ހާއްސަ ހާއްސަ އޮފާތަކާއި ހަދިޔާތަކާއެކު ފެށިގެންދާއިރު، މި އަހަރުގެ ރޯދަމަހަށް ތައްޔާރު ކުރެވިފައިވާ ކުރު ފިލްމަކީ ފުވައްމުލަކު ގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި ބަސް ދައްކުވައިދޭ އަދި މުހިންމު މެސެޖަކާއެކު ތައްޔާރުކުރެވިފައިވާ ފިލްމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރަމަޟާން ކެމްޕެއިން ވީޑިއޯގެ ސަބަބުން ޖަޒީރާ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަން އިތުރުވެ އަޅުގަނޑުމެންގެ ރީތި ރަށްތަކުގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން. އުރީދޫ މޯލްޑިވްސްއިން އަބަދުވެސް ދެމިތިބޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުން ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީ، މުޖުތަމައުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި،" ޙަމާދީ ވިދާޅުވި އެވެ.

އުރީދޫ އިން ރަމަޟާން މަހަށް ތައާރަފުކުރި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނެނީ:

ހާދިޔާ ފޮށި!

މި ރަމަޟާން މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެ އެވެ.

ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާ އެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ އެވެ.

ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހާދިޔާ ފޮށި ކުޅެލުމަށް އުރީދޫ އެޕް ޑައުންލޯޑްކުރައްވާ: http://ore.do/app

ރޯދަ ހަދިޔާ!

ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ލިބިގެނދާނެ އެވެ.

އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭއިރު އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ އެވެ. މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކްތަކެކެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި ޕެކްތައް އެކްޓިވޭޓް ކުރެވޭނެ: http://ore.do/app

ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ޚާއްޞަ ސައުދީ އައިޑީޑީ ޕެކް:

އުރީދޫ ޕާސްޕޯޓާއެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާއެކު މި ރަމަޟާން މަހު ސައޫދީ އަރަބިއްޔާގައި ތިއްބަވާ އާއިލާއާ އާއި ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ އެވެ. އުރީދޫ ޕާސްޕޯޓް ސިމް އެކްޓިވޭޓް ކުރުމަށް އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތް ކުރައްވާށެވެ.

ފިތުރު ޒަކާތް

އެހެން އަހަރުތަކެކޭ އެއްފަދައިން، ކޮންމެތާކުން ވެސް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރު ވެސް ފަހިކޮށްދީފަ އެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލައްވާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފާތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އުރީދޫއިން މަރުހަބާކިޔަ އެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް 909#* އަށް ޑައަލް ކޮށްލައްވާށެވެ.

ނަމާދު އެލާޓް

މި ރަމަޟާން މަހު ވެސް ނަމާދު އެލާޓް ހިދުމަތް މެދުވެރިކޮށް ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލުމުން. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި މުޅިން ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

އެމް-ފައިސާއިން ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދައްކާލުމުން ދެ ޕަސެންޓާ ހަމައަށް ދައިސާ އަނބުރާ ވޮލެޓައް:

އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރަމަޟާން މަހުގެ ތެރޭގައި ފައިސާ ދައްކަވާ ކޮންމެފަހަރަކު ފައިސާ ދައްކާ އަދަދުގެ ދެ ޕަސެންޓާ ހަމައަށް ފައިސާ އަބުރާ ވޮލެޓައް ލިބޭނެ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކެއް ހަދިޔާކުރުން

ރަމަޟާން މަހަކީ އޯގާތެރިކަން އިތުރު ކުރަންވީ މަހެއްކަމުން، މި ރަމަޟާން މަހު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އެވެ. ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމް އިން ބިދޭސީ މަސައްކަތްތެރިންނާ ހަވާލުކުރެވޭނެ އެވެ. ހަދިޔާކުރި އިފްތާރު ޕެކްތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނޭނެ އެވެ.

ރަމަޟާން މަހު އުރީދޫ ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކުގެ މައުލޫމާތާއި މި އޮފޮރ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އޮފާތަކާ ބެހޭ މައުލޫމާތު ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުރީދޫ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ އެވެ.