މި ރޯދަމަހު ވިލާ މާޓުގެ ހުރިހާ ރީޓެއިލް ފިހާރަތަކުން ތާޒާ މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތައް ލިބެން ހުންނާނެ ކަމަށް ބުނެފި އެވެ.

ވިލާ މާޓް ހިންގާ ވިލާ ޓްރޭޑިން އިން ބުނީ މި ވަގުތު ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕްފްރޫޓް، އަދި މެންޑަރިން ފަދަ ރަހަމީރު މޭވާ ލިބެން ހުންނާނެ ކަމަށެވެ. އަދި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ބެލް ޕެޕާސް، ޗެރީ ޓޮމާޓޯ، ރެޑް ކެބެޖް، ޗައިނީސް ކިއުކަމްބާ، ސްޕްރިން އަނިއަންސް، ލީކްސް، ރެޑިޝްސް، އަދި ބްރިންޖަލްސް ފަދަ ތަކެތި ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ވިލާ މާޓުގެ ކަސްޓަމަރުންނަށް ތަފާތު ވައްތަރުގެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަކީ ވިލާ ޓްރޭޑިންގެ ބޮޑު އަމާޒެއް. ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ރޯދަ ވީއްލާ ގަޑީގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނުމަކީ ނުހަނު މުހިންމު ކަމެއް،" ވިލާ ޓްރޭޑިން އިން ބުންޏެވެ.

ވިލާ މާޓްގެ ފިހާރައެއްގައި ހުރި ތަރުކާރީތަކެއް މީހަކު ބަލަނީ. ފޮޓޯ: ވިލާ މާޓް

ވިލާ ޓްރޭޑިންގްންއިން ބުނީ އެ ކުންފުނިން އިސްކަންދެނީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ހަފްތާއަކު ދެ އެއާ ފްރެއިޓް ޝިޕްމަންޓް ސީދާ ވިލާ މާޓުގެ ރީޓެއިލް އައުޓްލެޓްތަކަށް ގެންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލާ ޓްރޭޑިން އިން ބުނީ ތާޒާ އުފެއްދުންތަކުގެ އިތުރުން ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ފުޅާ ދާއިރާއެއްގައި ވިލާ މާޓުން ފޯރުކޮށް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިލާ މާޓުގެ ވެބްސައިޓް، www.villmart.mv އިން މި ހުރިހާ ތަކެއްޗެއް ވެސް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މީގެ އިތުރުން ވިލާ މާޓު އެޕް ގޫގުލް ޕްލޭ ސްޓޯރު ނުވަތަ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވެ އެވެ. މިގޮތަށް ގަންނަ ހުރިހާ ތަކެއްޗެއް ވެސް ގޭގެ ދޮރުމައްޗަށް ވިލާ މާޓުން ޑެލިވަ ކޮށްދޭނެ ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ.