ރޯދަ ޕްރޮމޯޝަނާއެކު އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި އެވެ.

އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރަންސަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި، އެލައިޑު އިންޝުއަރަންސަށް ލިބިފައިވާ ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ ދެ ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ސަރުކާރުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.

ސަރުކާރުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ" ޕްލޭނަކީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކުރާ އޮންލައިންކޮށް ވެސް ނެގޭ ޕްލޭނެކެވެ. މިއާ ހިލާފަށް، ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނޭ "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭން ފޯރުކޮށްދެމުން އައީ އެލައިޑުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްތަކުންނާއި ކައުންޓަރުތަކުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެހެންނަމަވެސް، މިއަހަރުގެ ރޯދަ ޕްރޮމޯޝަނާއެކު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތް ވެސް ޑިޖިޓަލައިޒް ކުރެވި "މައި އެލައިޑް" ޕޯޓަލްއިން އޮންލައިކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެލައިޑުން ބުނެ އެވެ. އަދި ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގެ ތެރެއިން "މޮޓޯ ކޮމްޕްރިހެންސިވް" ޕްލޭން ނަގާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެލައިޑް އިން ބުނިގޮތުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައި ވަނީ، އެކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމާ ސެންޓްރިސިޓީ" އަށް އަހައްމިއްޔަތުކަން ދޭ މިންވަރެވެ. އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށް އެލައިޑުން ފާހަގަ ކުރެ އެވެ.

އެލައިޑް އޮންލައިން ޕޯޓަލް "މައި އެލައިޑުން" މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން، ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމް މިވަގުތު ހަމަޖައްސާފައި ވަނީ 40،000 – 100،000 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ގަނެ، ބޭނުންކުރަމުން އަންނަތާ 5 އަހަރު ނުވާ ސައިކަލުތަކަށް އެ ކުންފުނިން ބުނެ އެވެ. އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައި ވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކުރުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައި ކުރުމަށްފަހު ފޮނުވާލާ ޕޭމަންޓް ލިންކްގެ ތެރެއިން ފައިސާ ދެއްކުމުން ކަމަށް ވެސް އެލައިޑުން ބުނެ އެވެ.

"މިއީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރުމާއި އެކު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަސޭހަ މަގެއް. އެގޮތުން އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ވެސް ހިދުމަތް ހޯއްދެވޭނެ،" އެލައިޑުންބުންޏެވެ.

އަދި މި ހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ. މި ހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600އަށް ގުޅުމަށް އެލައިޑުން އިލްތިމާސްކުރެ އެވެ.