މޯލްޑިވިއަނުން 50 ދަތުރުކޮށް، 9،633 މީހުން ބަންގްލަދޭޝްއަށް އުފުލައިފި އެވެ.

ގައުމީ އެއާލައިނުން ބުނީ ބަންގްލަދޭޝްއަށް މިއަދު 50 ވަނަ ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެއާއެކު ޖުމްލަ 9،633 މީހުން އުފުލާފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެ މީހުން ފޮނުވާލާފައިވަނީ މިކަމަށް ޚާއްސަކޮށް މޯލްޑިވިއަންއިން މިއަދު ބޭއްވި ފްލައިޓެއްގަ އެވެ. މިއީ މިމަހުގެ ތެރޭގައި ހަތަރު ފަހަރެއްގައި 800 މީހުން ފޮނުވާލި އެވެ.

ސަރުކާރުން ދަނި މި އަހަރުގެ ނިޔަލަށް ގަވާއިދާ ޙިލާފަށް އުޅޭ 20،000 އެއްހާ ބިދޭސީން އަބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތްކުރަމުންނެވެ.

ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކޮވިޑް- 19ގެ ހާލަތާ ގުޅިގެން ބިދޭސީންގެ މެދުގައި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ވެސް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.