ކޮންމެ އަހަރަކު ވެސް ދިރާގުން ރަމަޟާން މާހާ ގުޅުވައިގެން ޚާއްސަ ޝިއާރެއްގެ މައްޗަށް ބިނާކޮށް ޕްރޮމޯޝަންތަކަކާއި ހަރާކަތްތަކެއް ތަޢާރަފްކުރެ އެވެ. މިގޮތުން ދިރާގުން މިއަހަރުގެ ރަމަޟާން މަހުގެ ކެމްޕެއިން ޚާއްސަކޮށްފައި ވަނީ މަންމައިންނަށާއި މަންމަގެ އަގު ވަޒަންކޮށް މަންމައާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށެވެ.

މި ޝިޔާރުގެ ދަށުން އެ ކުންފުނިން ވަނީ ޚާއްސަ ކުރު ފިލްމެއް ވެސް ތައާރަފްކޮށްފަ އެވެ.

"ލޯބި" ކިޔާ މި ކުރު ފިލްމުން ދައްކުވައި ދެނީ ލޯ އަނދިރި ކުއްޖަކާއި އޭނާގެ ދައްތަ އެދެބެއިންގެ މަންމަގެ ކަރާ ފަނި ރެސިޕީ ހަމަ އެ ރަހައަށް ހެދުމަށް ކުރާ މަސައްކަތެވެ.

ދިރާގުން މިއަހަރުގެ ރަމަޟާން މަހުގެ ކެމްޕެއިން ޚާއްސަކޮށްފައި ވަނީ މަންމައިންނަށާއި މަންމަގެ އަގު ވަޒަންކޮށް މަންމައާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް.

އއ. ތޮއްޑޫއިން މަންމަ މާލެއަށް ގޮސްފައިވަނިކޮށް، މަންމަ ހަދާ ހަމަ އެ މީރު ކަރާ ފަނި އެގޮތަށް ހެދުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރެ އެވެ. ނަމަވެސް މަންމަގެ އެ ކަރާ ފަނީގެ ރަހައެއް އެ ކުދިންނަކަށް ނުގެނެވެ އެވެ.

https://www.youtube.com/watch?v=5xPqjEBBLvM

މި ފިލްމުން ދައްކުވައިދެނީ އެތައް މީހަކު އެކި ކަންތައް ކޮށްދިނަސް މަންމަ ކޮށްދޭހާ ފުރިހަމަކޮށް ނުވަތަ އެގޮތަށް އެ ލޯތްބާބާއެކު ނުކުރެވޭނެކަމެވެ. އެހެން ކަމުން ޚާއްސަކޮށް މި ބަރާކަތްތެރި ރަމަޟާން މަހުގައި މަންމަގެ އަގު ވަޒަން ކުރުމަށާއި އޭގެ މުހިންމުކަން ވެސް ފާހަގަކުރެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނީގެ އެކި އިޝްތިހާރުތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ތަފާތު މުހިންމު އިޖުތިމާއީ މެސެޖްތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށެވެ.

ދިރާގުގެ މިއަހަރުގެ ރަމަޟާން ކުރު ފިލްމް ޔޫޓިބުން ބަލާލެވޭނެ އެވެ.