ސްރީލަންކަން އެއާލައިންސުން އައްޑު ސިޓީއަށް ރެކޯޑް އަދަދަކަށް މުދާ އެތެރެކޮށްފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހަކީ ލަންކާއިން ގަމަށް އެންމެ ގިނަ މުދާ ގެނައި ދުވަސް ކަމަށެވެ. އެގޮތުން އެދުވަހު 4.4 ޓަނުގެ މުދާ ގެނެސްފައިވާ ކަމަށް ފިރާގު ވިދާޅުވި އެވެ.

"މިއީ ނެރޯ ބޮޑީ މަދިންދާޓެއްގައި ހަތަރު ޓަނަށް ވުރެ ގިނަ މުދާ ކޮލަމްބޯއިން ގަމަށް ގެނައި ފުރަތަމަ ފަހަރު،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިނުން ގަމާއި ކޮލޮމްބޯއާ ދެމެދު ހަފުތާއަކު ސީދާ ތިން ދަތުރު ބާއްވަ އެވެ.

އެ ދަތުރުތައް ކުރަނީ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ސްރީލަންކަން އެއާލައިނުން ގަމަށް ޝެޑިއުލް ދަތުރުތައް ފެށީ 2016 ވަނަ އަހަރު ގަ އެވެ. އެ އެއާލައިނަކީ ގަމަށް ޝެޑިއުލް ދަތުރުތައް މިވަގުތު ބާއްވާ ހަމައެކަނި ބޭރުގެ އެއާލައިނެވެ.