މި ރޯދަމަހަށް ޚާއްސަކޮށްގެން ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ވެސް "ބޮޑު ހަދިޔާ"އެއް ދޭން ނިންމާފައިވެ އެވެ.

އެގޮތުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ގެންގުޅޭ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް "މައިޑިއާ" ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބޭ ފުރުސަތެއް ވަނީ ހުޅުވާލައިފަ އެވެ.

ދިރާގުން ބުނިގޮތުގައި މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރުލީ އައިސް އަލަމާރި، ޑިޝްވޮޝާ، އަވަން، މައިކްރޮވޭވް، އެއާ ޕިއުރިފަޔާ އަދި ވެކިއުމް ކްލީނާ އަދި ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނު ވެސް ހިމެނޭނެ އެވެ.

މީގެ އިތުރުން "ބޯނަސް މެގަ ހަދިޔާ"ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ވެސް ދޭން ދިރާގުން ނިންމާފައިވެ އެވެ.

"ދިރާގުން ކޮންމެ އަހަރަކު ވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފާތައް ގެނެސްދެމުން. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް ވުމަށް ވެސް ވަނީ އެދިފައި،" އެ ކުންފުނިން ބުންޏެވެ.