އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކަށް އެހީވުމުގެ ގޮތުން 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއްގައި ސޮއިކޮށްފި އެވެ.

ހަމައެކަނި މެންޑޭޓްކޮށްފައިވާ ލީޑް އެރޭންޖާ އަދި ބުކްރަނާގެ ހައިސިއްޔަތުން އޭޑީބީން ވަނީ އޭޑީބީގެ އާދައިގެ ކެޕިޓަލް ވަސީލަތްތަކުން 13 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފަ އެވެ. އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީން (ޖައިކާ) އިން 13 މިލިއަން ޑޮލަރާ ހަމައަށް ދޭ ޕެރަލަލް ލޯނަކާއި އޮސްޓްރިއާގެ ޑިވެލޮޕްމަންޓް ބޭންކުން 5 މިލިއަން ޑޮލަރުގެ ޕެރަލަލް ލޯނެއް މުޅި ފައިނޭންސިން ޕެކޭޖްގައި ހިމެނޭ ކަމަށް އޭޑީބީން ބުނެ އެވެ.

ރާއްޖޭގެ ނޫ އިގްތިސާދުގެ މުއާމަލާތްތަކާ ގުޅުންހުރި ބެންކެބިލިޓީގެ މައްސަލަތައް ހައްލުކުރުމަށް، އޭޑީބީން މި މަޝްރޫއުގެ ޑެޓް ފައިނޭންސިން، ކެނެޑިއަން ކްލައިމެޓް ފަންޑް ފޮ ދަ ޕްރައިވެޓް ސެކްޓަ އިން އޭޝިއާ 2 (ސީއެފްޕީއެސް2) އިން 9 މިލިއަން ޑޮލަރާ ހަމައަށް ދޭ ކޮންސެޝަނަލް ލޯނާއި، އޭޑީބީގެ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް (އޭޑީއެފް) - ޕްރައިވެޓް ސެކްޓަ ވިންޑޯ (އޭޑީބީ-ޕީއެސްޑަބްލިއު) އިން އެއް މިލިއަން ޑޮލަރާ ހަމައަށް ހިލޭ އެހީދީފައިވާ ކަމަށް އޭޑީބީން ބުނެ އެވެ.

އޭޑީބީގެ ޑިރެކްޓާ ޖެނެރަލް ފޯ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ސުޒޭން ގަބޯރީ ވިދާޅުވީ ނޫ އިގްތިސާދަކީ ރާއްޖޭގެ މުސްތަގުބަލުގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދުގައި ކަނޑާއި މުރަކަ ފަރުތަކާއި ގޮނޑުދޮށްތަކާއި ކަނޑުގެ ދިރުންތަކުގެ ސިއްހަތާއި މުއްސަނދިކަމަކީ ގުޅިލާމެހިފައިވާ ގައުމެއް ކަމަށެވެ.

"އެހެން ނަމަވެސް އެސްއެމްއީތަކާއި ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްތައް މެދުވެރިކޮށް ނޫ އިގްތިސާދުގައި ކުރާ އިންވެސްޓްމަންޓްތައް މަދުވެފައިވޭ،" ގަބޯރީ ވިދާޅުވި އެވެ. "ބީއެމްއެލްއާ އެކު ކުރިއަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވެފައިވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، މޫސުމީ ޕްރޮޖެކްޓްތަކަށާއި ލޯކަލް އަދި އެސްއެމްއީތަކަށް އެހީތެރިކަން ލިބިގެންދާނެ. އޭގެ ތެރޭގައި އަންހެނުންގެ ހިއްސާ އޮންނަ އަދި ހިންގާ އެސްއެމްއީތައް ވެސް ހިމެނޭ."

އޭޑީބީން ބުނީ މި ލޯނު ޕެކޭޖުގެ މަދުވެގެން 60 ޕަސެންޓް އެސްއެމްއީތަކަށް ލޯނު ދިނުމަށް ކަނޑައަޅާފައިވާ ކަަމށެވެ. އަދި އަންހެނުންގެ ހިއްސާ އޮންނަ ނުވަތަ ލެޑް ފާމްތަކަށް 5 އިންސައްތަ ދޫކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ. އޭގެ އިތުރުން ސީއެފްޕީއެސް 2 ލޯނާއި ޕީއެސްޑަބްލިއު ގްރާންޓްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ނޫ އިގްތިސާދަށް އަމާޒުކޮށްގެން ހިންގާ އެޑަޕްޓޭޝަން ޕްރޮޖެކްޓްތަކަށް އެހީތެރިވުމާއި ކުރިއެރުވުމަށް ބީއެމްއެލްގެ ގާބިލުކަމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އޭޑީބީން ބުނެ އެވެ.

ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކާލްކާލް ސްޓުމްކަ ވިދާޅުވީ ބްލޫ އިކޮނޮމީ ލޭންޑިންއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އޭޑީބީއާ ގުޅިގެން މަސައްކަތް ކުރުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިގްތިސާދީ ރިކަވަރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދޭ ސަމާލުކަން އިތުރުކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. އަދި އެ ބޭންކުގެ އެސެޓް 41.9 ބިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. އަދި އެ ބޭންކުން 20 އަތޮޅެއްގައި 38 ބްރާންޗާއި 142 އޭޓީއެމް ހިމެނޭ ނެޓްވޯކެއް ހިމެނެ އެވެ. ބީއެމްއެލްގެ 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތް ދެ އެވެ.