މިފްކޯއިން ވިއްކާ "ފަސްމީރު ބްރޭންޑް"ގެ މަސްދަޅުގެ އަގު އިއްޔެއިން ފެށިގެން ހެޔޮކޮށްފި އެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ދަޅުގައި މަސް ބަންދުކޮށް ބާޒާރަށް ނެރޭ ކުންފުނިން ބުނީ މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފައިވަނީ މަސްވެރިންގެ އަތުން މަސްގަތުމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.

މިފްކޯ އިން ވިއްކާ "ފަސްމީރު" ބްރޭންޑްގެ މަސްދަޅުތަކެއް.

މިފްކޯއިން ގެނައި ބަދަލާއިއެކު ކުރިން 640ރ އަށް ވިއްކާ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބޭނީ 575ރ. އަށެވެ. އަދި ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު ލިބޭނީ 12.25 ރުފިޔާ އަށެވެ.

މިފްކޯއިން ބުނީ ކުރިން 595ރ. އަށް ވިއްކި ފެން މަސްދަޅު ކޭހެއް މިހާރު ލިބޭނީ 530ރ. އަށެވެ. އަދި ކުރިން ވަކިން 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާ އަށެވެ.

މިފްކޯއިން ބުނީ އަބަދުވެސް ރައްޔިތުންނާ ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.