ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ތެޔޮ ވިއްކަން އެސްޓީއޯއިން ހެދި އެއްބަސްވުމުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނި، އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސް އޮއިލް ފޯރުކޮށްދެމުންނެވެ.

އެސްޓީއޯއިން ބުނީ އެމްއޭސީއެލްއާ ދެމެދު މިފަހަރު ސޮއިކުރީ އަންނަ އަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި އެއްްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ސައީދު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަޙުޖޫބު ޝުޖާއު އެވެ.

އައު އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް އެއްބަސްވެފައިވާ އަދަދުތައް:

  • އޭވިއޭޝަން ފިއުލް: 1.5 މިލިއަން ފީފާ
  • ގޭސްއޮއިލް 80،000 ފީފާ

އެސްޓީއޯއިން އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެ އެވެ.