ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ރާއްޖޭގެ ބްރާންޗުން ދޫކުރާ ކާޑުތަކުން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްއިން މުއާމަލާތް ކުރެވޭ ލިމިޓް ދަށްކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ބޭންކުގެ މެނޭޖާ އޭޓީއެމް އާދިލް ނަސީމް ކަސްޓަމަރުންނަށް ފޮނުވި އީމެއިލްއެއްގައި ވަނީ މިދިޔަ މަހުގެ 29 އިން ފެށިގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރި މުއާމަލާތް ކުރެވޭނީ 100 ޑޮލަރަށެވެ. އެ ބޭންކް އިން މީގެ ކުރިން ވަނީ މަހެއްގެ މައްޗަށް މުއާމަލާތް ކުރެވޭ ލިމިޓް 250 ޑޮލަރަށް ހަމަޖައްސާފަ އެވެ.

އެ އީމެއިލްގައި ބުނެފައި ވަނީ 100 ޑޮލަރާ އެއްވަރަށް އިންޑިއާ ރުޕީސް ނެގޭނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ބޭންކުތަކަށް ޑޮލަރުން އާމްދަނީ ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެއާއެކު ބޭންކުތަކުން ދަނީ ޑޮލަރުން ކުރެވޭ މުއާމަލާތް މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ބީއެމްއެލް އިން ވެސް މަހެއްގެ މައްޗަށް ޑޮލަރުން ކުރެވޭ މުއާމަލާތް 250 ޑޮލަރަށް ދަށްކޮށްފަ އެވެ.