ހޫނުގަދަ ދުވަސްވަރަކަށްވުމުން ކަރަންޓް ބޭނުންކުރުމުގައި ސަމާލުކަންދޭން ސްޓެލްކޯގެ އިލްތިމާސްކޮށްފި އެވެ.

އޭޕްރީލް އަދި މޭމަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައްކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ސްޓެލްކޯއިން ބުނީ ހޫނު ގަދަ ދުވަސްތައް ރޯދަމަހާ ދިމާވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެެހެން ދުވަސްވަރުތަކަކާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު ވަނީ އިތުުރުވެފައިކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިކަންކަން މިހެން ހުރުމުން ކަރަންޓް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓް އިޤްތިޞާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.