ފުރަތަމަ ފަހަރަށް ޖެޓް ފިއުލް އުފުލުމަށް ހާއްސަކޮށް އެސްޓީއޯ އިން ބާޖެއް ބޭނުން ކުރަން ފަށައިފި އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލް އުފުލުމަށް ބޭނުން ކުރާ ބާޖެވެ.

އެސްޓިއޯ އިން ބުނީ މި ބާޖު ބޭނުން ކުރާނީ ރާއްޖޭގެ އެކި އެއާޕޯޓުތަކަށް ރައްކާތެރި ކަމާ އެކު ޖެޓް ފިއުލް ސަޕްލައި ކުރުމަށް ކަމަށެވެ. އަދި ޖެޓް ފިއުލް އުފުލުމަށް ދިމާވާ ދަތި ތަކަށް ހައްލު ލިބިގެން ދާނެ ކަމަށް އެސްޓިއޯއިން ބުނެ އެވެ. މި ބާޖުގައި ޖެޓް އޭ-1 ތެޔޮ ސްޕްލައި ކުރުމަށް ހާއްސަ ކުރެވިފައިވާ ކަމަށް އެސްޓިއޯއިން ބުނެ އެވެ. މިއީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ އުޅަނދެއް ކަމަށްވެސް އެސްޓިއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ މިއީ އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ތައްޔާރު ކުރި ބާޖެއް ކަމަށެވެ.

މިބާޖަކީ ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ހަދާފައިވާ ބާޖެއް ކަމަށެވެ.

މި ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނައިރު، ޒަމާނީ މިނެކިރުމުގެ އާލާތްތައް ހުންނާނެ ކަމަށް އެސްޓިއޯއިން މައުލޫމާތު ދެއެވެ.