ގިނަ ބަޔަކު ހީކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ ފައިސާ އަކީ އެމެރިކާ ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ދުނިޔޭގެ އެންމެ ވަރު ގަދަ ފައިސާއަކީ ކުވައިތުގައި ބޭނުންކުރާ ފައިސާ ކަމަށްވާ ދީނާރު އެވެ.

އެހެން ނަމަވެސް މި މިއުޅެނީ ދުނިޔޭގެ އެންމެ ވަރުގަދަ ފައިސާގެ ވާހަކަދައްކާކަށް ނޫނެވެ. ދައްކަން މިއުޅެނީ ދުނިޔޭގެ އެންމެ އަގު ދަށް ފައިސާ ބޭނުން ކުރާ ގައުމުތަކުގެ ވާހަކަ އެވެ.

ދެހާސް ރުފިޔާއިން ތިބާ މިލިއަނަރަކަށް ހެދޭނެ ގައުމެއް އިނގޭ ހެއްޔެވެ؟

މި އަހަރުގެ މިހާތަނަށް އެންމެ އަގު ދަށް ފައިސާ ބޭނުންކުރަނީ މި ގައުމުތަކުގަ އެވެ.

1. އީރާނީ ރިއަލް (އައިއާރު)

ދުނިޔޭގެ އެންމެ އަގުހެޔޮ ފައިސާގެ ތާވަލުގެ އެއްވަނައިގައި އޮތީ އީރާނުގެ ރިއަލް އެވެ. ފައިސާގެ އަގު ވެއްޓުމަކީ އެކިއެކި ސަބަބުތަކާ ހުރެގެންނެވެ. ފުރަތަމަ ކަމަކަށް 1979 ވަނަ އަހަރު އިސްލާމީ އިންގިލާބު ނިމުމަކަށް ގެނައުމަށްފަހު ބޭރުގެ އިންވެސްޓަރުން އެގައުމަށް އައުން ވަނީ މަދުވެފަ އެވެ. ނިއުކްލިއާ ޕްރޮގްރާމާއި އީރާނާއި އިރާގު ހަނގުރާމައިގެ ސަބަބުން މާލީ ދަތިތަކާއި، އަދި އީރާނުގައި ސިޔާސީ އެހެން ހަމަނުޖެހުންތައް ކުރިމަތިވުމުން ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރި އެވެ.

2. ވިއެޓްނާމް ޑޮންގް (ވީއެންޑީ)

އެ ގައުމަކީ ޒަމާނުއްސުރެ މަރުކަޒީ އިގްތިސާދަކަށް ތަބާވާ ގައުމެކެވެ. މާކެޓް އިގްތިސާދެއް އުފެއްދުމުގެ މަގަކަށް ވިއެޓްނާމް ނިކުތް ނަމަވެސް އަދިވެސް އެކަން ހާސިލުކުރުމަށް ދިގު ރާސްތާއެއް އެބައޮތެވެ. މި ވަގުތު ފައިސާގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް އިގްތިސާދަށް އަންނަ ކުރިއެރުމަށް ބަލާއިރު ފައިސާ ރަނގަޅުވުމުގެ ފުރުސަތު ބޮޑު އެވެ.

3. ސިއެރާ ލިއޯނިއާ ލިއޯން (އެސްއެލްއެލް)

ސިއެރާ ލިއޯނިއާގެ ލިއޮން އަކީ ފަގީރުކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ އެފްރިކާގެ ފައިސާއެކެވެ. އެފްރިކާއަކީ ސްކޭންޑަލްތަކާއި ކޮރަޕްޝަންގެ ތާރީހެއް އޮތް ގައުމެކެވެ. ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ހަމަނުޖެހުންތަކާއި ނަފްރަތު ބޮޑު ދާޚިލީ ހަނގުރާމައެއް އެގައުމުން ފެނިގެން ދިޔައެވެ. މިހުރިހާ ކަމެއްގެ ސަބަބުން އިގްތިސާދާއި ފައިސާގެ އަގު ވެއްޓުނެވެ.

4. ލާއޯ ނުވަތަ ލައޯޝިއަން ކިޕް

ލާއޯ ނުވަތަ ލައޯޝިއަން ކިޕް އަކީ އަގު ދަށްވެފައިވާ ފައިސާއެއް ނޫން ނަމަވެސް 1952 ގެ ދުވަސްވަރުން ފެށިގެން ދަށް ރޭޓެއްގައި އޮތް ފައިސާއެކެވެ. އަދި، ބެއިޖިން އާއި ލާއޯސް ގުޅުވާލާނެ ރޭލު މަގެއް ވެސް ރާވާފައިވާއިރު، މިއީ މި ކުޑަކުޑަ ގައުމަށް އިންވެސްޓަރުން ދަމައިގަނެވޭނެ ކަމެކެވެ. އެންމެ އަގުހެޔޮ ފައިސާ ނަމަވެސް އެއީ އޭގެ އަގު ރަނގަޅުކުރުމާ ދިމާލަށް އުއްމީދީ ފައިސާއެކެވެ.

5. އިންޑޮނޭޝިއަން ރުޕިއާ (އައިޑީއާރު)

މިދިޔަ ހަތް އަހަރު ތެރޭގައި ފައިސާގެ އަގަށް ކުޑަވެސް ކުރިއެރުމެއް ނުލިބެ އެވެ. ފައިސާގެ އަގު ދަށްވެފައިވާ ކަންކަމުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވުން ހިމެނެ އެވެ. އިންޑޮނޭޝިއާ ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ އެކްސްޕޯޓް މާކެޓަށް ކަމަށާއި، މުދަލުގެ އަގު ދަށްވުމުން ފައިސާގެ އަގު އިތުރަށް ދަށްވެގެންދާ ކަމަށެވެ.

6. އުޒްބެކިސްތާނީ ސޮމް (ޔޫޒީއެސް)

އުޒްބެކިސްތާނުގެ ސަރުކާރުން ވަނީ އެގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ގައުމުގެ އިގްތިސާދަށް ކުރި ނަމަވެސް ޑޭޓާއިން ދައްކާ ގޮތުގައި އުޒްބެކިސްތާނުގެ އެތެރޭގެ އޮޕަރޭޝަންތައް އަލުން ފެށީ 2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގަ އެވެ. ނަމަވެސް ސިނާއީ އުފެއްދުންތައް ދަށްވުމުން ފައިސާގެ އަގު ވަނީ ދަށްވެގެން ގޮސްފަ އެވެ.

7. ގިނިއަން ފްރެންކް (ޖީއެންއެފް)

ގިނީ އަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ފައިސާ އަގު ވަނީ ދަށް ވެގެން ގޮސްފަ އެވެ.

8. ޕެރަގުއޭ ގުއަރާނީ (ޕީވައިޖީ)

ޕެރަގުއޭގެ އިގުތިސާދީ ދަށަށް ގޮސްފައިވަނީ އިންފްލޭޝަން މަތިވުމާއި، ވަޒީފާނެތް މީހުންގެ ނިސްބަތް މަތިވުމާއި، ފަގީރުކަން އިތުރުވުމާއި، ކޮރަޕްޝަންގެ ސަބަބުނެވެ. މިކަންކަމުގެ ސަބަބުން ފައިސާގެ އަގަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.