މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވިޓާއިން ވަރަށް އަވަހަށް ކޯލް ކުރެވޭ ފީޗާ ގެންނަން ނިންމާފައިވާ ކަމަށް ޓުވިޓާގެ ސީއީއޯ އީލޮން މަސްކު ބުނެފި އެވެ.

މަސްކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޓުވިޓާއަށް މިހާރު ގެންނަ ބަދަލުތަކުގެ ތެރެއިން ވަރަށް އަވަހަށް ވީޑިއޯ ކޯލް އާއި ކޯލްކުރެވޭނެ ފީޗާ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކޯލްތައް ކުރުމަށް ފޯނު ނަންބަރެއް ބޭނުމެއް ނުވާނެ ކަމަށް ވެސް މަސްކު ވަނީ ބުނެފަ އެވެ.

މީގެ ކުރިން މަސްކް ބުނެފައި ވަނީ އިއްޔެއިން ފެށިގެން ޓުވީޓާގައި އެންކްރިޕްޓްކޮށް މެސެޖް ކުރެވޭނެ ކަމަށެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް އީލޮން މަސްކް ޓުވިޓާ ގަތުމަށް ފަހު ޓުވިޓާއަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން ޓްވިޓާއިން "ބްލޫ ޓިކް" ވެރިފިކޭޝަން ގޮތް މަސްކް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.

މީގެ ކުރިން "ބްލޫ ޓިކް" ވެރިފިކޭޝަން ދެނީ އެކައުންޓެއްގެ އަސްލު ދެނެގަތުމާއި، ފޭކް އެކައުންޓުތައް ހުއްޓުވުމުގެ މަގްސަދުގައި ހިލެ އެވެ.

މަސްކް ސީއީއޯކަމާ ހަވާލުވުމަށް ފަހު ވެރިފިކޭޝަން ބޭނުންވާ ނަމަ ކޮންމެ މަހަކު ފީ ދައްކަންޖެހޭ ގޮތް ވަނީ ހަދައިފަ އެވެ.