ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް ލިންޑާ ޔަކަރީނޯ ހަމަޖައްސާފައިވާ ކަމަށް އެލޮންސް މަސްކް އިއުލާން ކޮށްފި އެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރު ހޭދަކޮށްގެން ޓްވިޓާގެ ގަނެފައިވާ އެލޮން މަސްކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރިއަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޓްވިޓާގެ ސީއީއޯގެ މަގާމާ ލިންޑާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ލިންޑާ ޓްވިޓާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ހުރީ އެންބީސީ ޔުނިވާސަލް ކުންފުނިން ގެ އިޝްތިހާރު ޗީފްގެ މަގާމުގަ އެވެ.

ޓްވިޓާ އަށް ސީއީއޯއަކު ނަގާފައި މި ވަނީ ސީއީއޯގެ މަގާމުގައި ހުންނެވުމާ މެދު އީލޮން ޓްވިޓާގައި އާންމުންގެ ހިޔާލު ވެސް ހޯއްދެވުމަށް ފަހު އެވެ. ޓްވިޓާގެ ސީއީއޯގެ މަގާމު އާ ބޭފުޅަކާ ހަވާލުކުރެއްވުނަށް ފަހު އީލޮން ހުންނަވާނީ ކުންފުނީގެ ޓްވިޓާގެ އެކްޒެކެޓިވް ޗެއާގެ އިތުރުން ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ގެ މަގާމުގަ އެވެ.

އެލޮން މަސްކް ޓްވިޓާ ގަތުމަށްފަހު އެކުންފުންޏަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަން ފަށާފަ އެވެ. އެގޮތުން އެތައް ހާސް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ޓްވިޓާއިން ސަސްޕެންޑުކޮށްފައި ތިބި ގިނަ ބަޔެއްގެ އެކައުންޓުތައް އަލުން އެކްޓިވޭޓް ކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.