ބޮޑު މަސައްކަތެއް ފަށަންވާނީ އެއަށްޓަކައި އޮހޮރާ ދަލާއި ލެޔާއި ހޭދަކުރާ ވަގުތަކީ އެންމެ ފަހު ވަގުތުގައި "ފެނަށް ވެގެން" ދާނެ އެއްޗެހި ނޫންކަން ޔަގީންކުރުމަށްފަހު އެވެ. ވަކިން ހާއްސަކޮށް، އަގުހުރި މާސިންގާ ބޮޑެތި މަސައްކަތްތަކަށް ކުރާ ހޭދަތަކާ މެދު އިތުރަށް ވިސްނާލުން މުހިންމެވެ.

މިސާލަކަށް، ކަނޑުގައި ދުއްވާ އުޅަނދެއް ބަނުމަކީ ބޮޑެތި ހަރަދު ހިނގާ ކަމެއް ކަމުގައި ވާ އިރު، ބަންނަމުންދާ އިރު އުޅަނދަށް ބަޔަކު ގެއްލުމެއް ދީފިނަމަ ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވެ ގެއްލުމެއް ލިބިއްޖެނަމަ އެއީ ވަރަށް ބޮޑު މާލީ ބުރައަކަށް ވާނެ އެވެ. އިންވެސްޓްމެންޓުން ބައެއް ގެއްލުނީ އެވެ. އަނެއްކޮޅުން މި ބުރަ މަސައްކަތަށް ހޭދަކުރި އެތައް ވަގުތެއް ވެސް ގެއްލި ދިޔައީ އެވެ.

އެކަމަކު ބޯޓު ބިލްޑިން އިންޝުއަރަންސް ޕްލޭނަކުން އޮޑި ބަނުމުގެ މުޅި މަސައްކަތް ނުވަތަ ޕްރޮޖެކްޓުގެ ވަށައިގެން ރައްކާތެރިކަމުގެ ފަށަލައެއް އަޅާލާފައި އޮތުމަކީ ބަންނަމުންދާ އޮޑިއަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް މާލީ ބަދަލު ލިބޭނެ މަގެކެވެ. ފުރާ ފުރިހަމަކުރަމުން ގެންދާ އޮޑިއާއި އޮޑި ބަނުމުގައި ގެންގުޅޭ އާލާތްތަކާއި މެޝިނުތަކުގެ އިތުރުން އޮޑި ބަނުމަށްޓަކައި އޮޑިހަރުގޭގައި ބަހައްޓާފައި ހުންނަ ސާމާނުތައް އިންޝުއާ ކުރެވޭނެ އެވެ.

މި ޕްލޭނުން މިތަކެއްޗަށް ރައްކާތެރިކަން ފޯރުކޮށްދެނީ އަލިފާން ރޯވުމާއި ހޮނުއެޅުމާއި އެއްޗެއް ގޮވުން، ގަސްތުގައި ބަޔަކު ގެއްލުން ދިނުން، ފެން ހޮޅިއެއް ނުވަތަ ޓޭންކެއް ފެޅުން، ބިންހެލުމާއި ސުނާމީއާއި އުދައާއި ތޫފާން ފަދަ ގުދުރަތީ ކާރިސާތައް އަދި ބަޔަކު ގަދަކަމުން ވަދެ ވައްކަން ކުރުމާއި އޮޑި މޫދަށް ބޭލުމުގެ މަސައްކަތުގައި އުޅެނިކޮށް ވެސް ގެއްލުން ލިބިއްޖެ ނަމަ އެވެ. މި ސަބަބުތަކާ ހެދި ދިމާވާ ގެއްލުންތަކުން އިންވެސްޓްމަންޓް ރައްކާތެރިކޮށްދެނީ އޮޑި ބަނުމަށް ހޭދަވާ މުޅި މުއްދަތަށެވެ.

އެކަމަކު އޮޑި ބޭލުމާއެކު އެ އޮޑިއަށް ހޯދަންޖެހެނީ އެހެން ރައްކާތެރިކަމެކެވެ. އެއީ މެރިން ހަލް އިންޝުއަރަންސެވެ. މެރިން ހަލް އިންޝުއަރަންސްގެ ދަށުން ދެ ބާވަތެއްގެ ކަވަރޭޖެއް ލިބެ އެވެ. އޭގެ ތެރެއިން އޮޑިވެރިޔާ ބޭނުންވާ ކަވަރޭޖެއް ނަގައިގެން ނިޔާމަ ދަތުރަކަށް ނައްޓާލަންވީ އެވެ. މެރިން ހަލް އިންޝުއަރަންސް ޕްލޭނަކަށް ދާނެ ހަރަދުގެ އަންދާޒާއެއް "މައިއެލައިޑް" ޕޯޓަލްގެ "ސްމާޓް ކޯޓް" ފީޗާ ބޭނުންކޮށްލައިގެން ބަލައިލެވޭނެ އެވެ.

ބޯޓު ބިލްޑިން އިންޝުއަރަންސާއި މެރިން ހަލް އިންޝުއަރަންސަކީ އޮޑި ބަނުމަށްޓަކައި ކުރި ހޭދަ އަތުން ގެއްލި ނުދާނެކަމުގެ ޔަގީންކަމެކެވެ. ތަފާތު ސަބަބުތަކަކާ ހެދި އޮޑި ބަންނަމުން ދާ ވަގުތުގައި އަދި އޮޑި ބަނދެ ނިމެ ދުއްވާލުމަށް ކަނޑަށް ބާލާ ވަގުތުން ފެށިގެން ގެއްލުމެއް ކުރިމަތިވެއްޖެނަމަ ދިމާވާ މާލީ ބުރައަށް ލުއިކަމެއް މި ޕްލޭންތަކުން ލިބޭނެ އެވެ.

އޮޑި ބަނުން އެކަންޏެއް ނޫނެވެ. "ބޮޑު" ކޮންމެ މަސައްކަތަކީ ވެސް ހީރާސްތަކެއް ހިމެނޭނެ ކަމެކެވެ. އެއިން ކޮންމެ ކަމެއް ވެސް ފެށުމުގެ ކުރިން ތި ކުރަންއުޅޭ މަސައްކަތަށް ހޭދަކުރާނެ ވަގުތާއި ފައިސާ ބޭކާރުވެގެން ނުދާނެ ފަދަ ގޮތްތަކެއް ހޯދާ، އިންޝުއަރަންސްގެ ރައްކާތެރިކަން ވަރަށް ބޭނުންތެރި އެވެ.