އެއާޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިން (އޭ.އާރް.އެފް.އެފް)ގެ ބޭސިކް ކޯސް ފަށައިފި އެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ވަނީ މި އަހަރުގެ ފުރަތަމަ އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިންގެ ކޯސް، މިމަހުގެ 7 ވަނަ ދުވަހު ފަށަފަ އެވެ. މިކޯހުގައި 20 ދަރިވަރުން ބައިވެރިވެފަ އެވެ.

އާރްއޭސީއެލް އިން ބުނީ މި ކޯހަކީ އާރ.އޭ.ސީ.އެލަށް އަލަށް ގުޅުނު ފަޔަރުގެ ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް ލެވެލްގެ ކޯހެއް ކަމަށެވެ.

މިކޯހުގެ ބޭނުމަކީ އާރް.އޭ.ސީ.އެލްއިން ހިންގާ އެއާޕޯޓު ތަކުގަ އަމަލު ކުރުމަށް ގާއިމްކޮށްފައިވާ އެއާޕޯޓް އެމަޖެންސީ ޕްލޭން (އޭ.އެސް.ޕީ)އަށް އަމަލުކުރަން ދަސްކޮށްދިނުން ކަމަށް އާރްސީއެލް އިން ބުނެއެވެ.

އެއާޑްރޯމްގަ (މަތިންދާބޯޓު އޮޕަރޭޓް ކުރާ ސަރަހައްދު) ދިމާވެދާނެ އެކިއެކި އަލިފާނާއި ގުޅުންހުރި ހާދިސާތަކުން ރައްކާތެރިވެ ސަލާމަތްވުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި ޤާބިލުކަން މިކޯހުގެ ބައިވެރިންނަށް ކިޔަވައިދޭނެ ކަމަށް އާރްސީއެލް އިން ބުނެއެވެ.

އާރްސީއެލް އިން ބުނީ އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް މިގެންދާ ކޯހުގައި، ބައިވެރިން ޕްރެކްޓިކަލް އަދި ތިއަރީއިން އިމްތިހާނުކުރެވިގެންދާނެ ކަމަށެވެ.

އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިން (އޭ.އާރް.އެފް.އެފް)ގެ ބޭސިކް ކޯސް ފެށުން

މިކޯހުގައި ކިޔަވައި ދޭނީ އާރް.އޭ.ސީ.އެލްގެ ޓްރެއިނަރުން ކަމަށާ މި ޓްރެއިންރުންނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބިފައިވާ ތަޖުރިބާ އަދި ގާބިލުކަން ހުރި އިން ހައުސް ޓްރެއިނަރުންގެ ޓީމެއް ކަމަށްވެސް އާރްސީއެލް އިން ބުނެއެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ތަމްރީންތަށް އޭވިއޭޝަން ސިނާއަތަށް ފޯރުކޮށްދިނުމަކީ އާރް.އޭ.ސީ.އެލްގެ ވަރަށްބޮޑު އަމާޒެއް ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުގެމަތިން ކުންފުނިންދަނީ ޓްރެއިނިގް އެކަޑަމީއެއް ގާއިމް ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ކުރިއަށްއޮތް ތަނުގަ ކުންފުނިން ހިންގާ ކޯސްތަކުގަ ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކާއި އާންމުންނަށް ހުޅުވާލާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ރާއްޖޭގައި ގާއިމްކުރެވިފައިވާ ހަމައެކަނި އެއަރޕޯޓް ފަޔަރ ސިމިއުލޭޓާވެސް ގާއިމްކުރެވިފައިވަނީ އެކުންފުނިން ހިންގާ ހޯރަފުށި އެއަރޕޯޓު ގައެވެ.