ދިރާގުން 100 ޖީބީގެ މުޅިން އައު ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ.

ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކުރި މި އާ ޑޭޓާ ޕެކްތަކުގެ ތަފުސީލް ދިނުން އޮތީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސްއެއްގަ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދިރާގުގެ މެނޭޖަ ކަސްޓަމާ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވީ މި އަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު، ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަރުން އެ ކުންފުންޏަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި 100 ޖީބީގެ މި އާ ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެ، ކޮންމެ ކަމަކަށް މި ޑޭޓާ ބޭނުންކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުި އެވެ.

މުޅިން އަލަށް ތައާރަފްކުރި 100ޖީބީގެ ޑޭޓާ ޕެކްތަކަކީ:

  • 100 ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100 ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100 ޖީބީ 14 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100 ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100 ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

ދިރާގުން ބުނިގޮތުގައި މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ އެވެ.

"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮއަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް،" އެ ކުންފުނިން ބުނެ އެވެ.