ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނާ ޕާކުގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓެއް ހިންގާނެ ބަޔަކު ހޯދަން އާބަންކޯއިން އިއުލާން ކޮށްފި އެވެ.

އާބަންކޯއިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކޮންޓެއިނާ ޕާކުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.

ހުޅުމާލޭގައި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1،188 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. އަދި ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. މި ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ 5 އަހަރުގެ މުއްދަކަށެވެ. އެގޮތުން ފުރަތަމަ އަހަރު 2 އެތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15 ރުފިޔާގެ ރޭޓުންނެވެ. އަދި ބާކީ 4 އަހަރު އަކަފޫޓަކަށް 25 ރުފިޔާގެ ރޭޓުންނެވެ.

މިތަނުގައި ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އަދި ޕްރޮޕޯސަލް އޯޕަނިންގ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 13:00ން 14:00 އަށް އަރބަންކޯގެ އެގްޒިބިޝަން ސެންޓަރުގައިމަށްވެސް އާބަންކޯއިން ބުނެފައިވެ އެވެ.

ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް މި އާބަންކޯއިން ވަނީ ނިންމާފަ އެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް 2 ކޯ ވޯކިންގ ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.