ރިޒް-ކާލްޓަން މޯލްޑިވްސް، ޕަޓީނާ، ފަރި އައިލެންޑްސް އިން ކާމިޔާބުކަމާ އެކު ރާއްޖޭގައި މަތީ ފެންވަރުގައި ޓޫރިސްޓް ރިސޯޓް ހިންގާތާ ދެ އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފި އެވެ.

ފަރި މެރީނާގައި އަންނަ ބުރާސްފަތި ދުވަހު ދެ އަހަރު ފުރުމުގެ ރަސްމީ ހަފުލާ ކުރިއަށް ގެންދަން ރިސޯޓުން ވަނީ ނިންމައިފަ އެވެ. އެ ހަފުލާގައި ވޭތުވެދިޔަ ދެ އަހަރު ރިސޯޓުން ހޯދި ފަޚުރުވެރި ކާމިޔާބީތަކާއި ގެސްޓުންނަށް ފޯރުކޮށްދޭ މަތީ ފެންވަރުގެ ޚިދުމަތުގެ އަގުވަޒަން ކުރުން އޮންނާނެ އެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭ ފަރި އައިލެންޑްސް ވަނީ ރިޒްކާލްޓަން މޯލްޑިވްސް އާއި ޕަޓީނާ އަށް ޒިޔާރަތްކުރާ ގެސްޓުންނަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީފަ އެވެ.

ފަރި އައިލެންޑްސް ދެ އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ އިހުތިފާލުތަކުގެ ތެރޭގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފެށުން ހިމެނެ އެވެ. އެ ޕްރޮޖެކްޓް ފެށުން ވެސް މެރީނާގައި ކުރިއަށްދާ ހަފުލާގައި އިފްތިތާހު ކުރާނެ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް. ފޮޓޯ: ދަ ރިޒް ކާލްޓަން

މީގެ އިތުރުން ވޭތުވެދިޔަ ދެ އަހަރު ތެރޭ ދެމެހެއްޓެނިވި ގޮތުގައި ޓޫރިޒަމް ކުރިއެރުވުމަށް ރިސޯޓުން ކުރިއަށްގެންދާ މަސައްކަތްތައް އެކި ޑިޕާޓްމަންޓްތަކުން ދައްކާލުން އޮންނާނެ އެވެ. ރިސޯޓުގެ ކަލިނަރީ ޓީމުން ޒީރޯ-ވޭސްޓުގެ އުފެއްދުންތައް ދައްކާލާނެ އެވެ. އަދި އިންޖިނޭރުން ޓީމުން، ރިސޯޓުގެ ސޯލާ ޕެނަލް ސިސްޓަމާ ބެހޭ ގޮތުން ދައްކާލުމެއް އޮންނާނެ އެވެ. އަދި ތިމާވެއްޓަށް ރިސޯޓުން ދޭ އިސްކަން މި ހަފުލާގައި ފެނިގެންދާނެ ކަމަށް ވެސް ރިސޯޓުން ބުނެ އެވެ.

ފަރި އައިލެންޑްސް އިން ތައުލީމަށް ދޭ އިސްކަން ހާމަކޮށްދިނުމުގެ ގޮތުން ރިޒް-ކާލްޓަން މޯލްޑިވްސް އާއި ފަރި އައިލެންޑްސް، ޕަޓީނާ އިން ވަނީ ކިޔަވާ ކުދިންނަށް ދައުވަތުދީ ރިސޯޓުން ދެމެހެއްޓެނި ގޮތުގައި ކުރިއަށް ދިއުމަށް ކުރާ މަސައްކަތް ތަޖްރިބާކުރަން ފުރުސަތު އެ ކުދިންނަށް ދޭން ނިންމައިފަ އެވެ. މިއީ ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ޒުވާން ޖީލަށް އަންގައިދިނުމަށް ރިސޯޓުން އިސްނެގި ކަމެކެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް. ފޮޓޯ: ދަ ރިޒް ކާލްޓަން

ދެ އަހަރު ފުރުމުގެ ހަފުލާ ނިމިގެންދާނީ ޑީޖޭ އާއި ދިވެހި ބޮޑުބެރުން މެހެމާނުންގެ ހިތްތަކަށް ހިތްހަމަޖެހުން ފޯރުކޮށްދީގެންނެވެ.

ރިޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް

ރިޒް-ކާލްޓަން މޯލްޑިވްސް، ޕަޓީނާ، ފަރި އައިލެންޑްސް އޮންނަނީ ރާއްޖޭގެ މައި އެއާޕޯޓުން ސްޕީޑް ލޯންޗުގައި 45 މިނިޓް އަދި ސީޕްލޭންގައި 10 މިނިޓުން ދެވޭ، މާލޭގެ އުތުރުގަ އެވެ. ކެރީ ހިލް އާކިޓެކްސް އިން ޑިޒައިންކޮށްފައިވާ ޕްރޮޕަޓީގައި އެއްގަމާއި މޫދު ކޮޓަރިތައް ވެސް ހިމެނެ އެވެ. މި ވިލާތަކުގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރި ހިމެނެ އެވެ. ބައިނަލްއަގުވާމީ އަދި ދިވެހި ކެއުންތައް ލިބޭ މި ރިސޯޓުގެ އެގްޒެކެޓިވް ޝެފަކީ ގްލެން ކޫޕާ އެވެ. ރިސޯޓުގައި ފިޓްނަސް އާއި މުނިފޫހިފުލުވުމުގެ ފެސިލިޓީތަކުގެ އިތުރުން ސްޕާގެ ޚިދުމަތް ވެސް ލިބެ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގެ ވިލާތަކެއް. ފޮޓޯ: ދަ ރިޒް ކާލްޓަން

މި ޕްރޮޕަޓީގެ އެންމެ ޚާއްސަ ކަމަކީ ގެސްޓުންނަށް ޚިދުމަތްދޭ ސްޓާފުން ވަކި ކެމްޕަސްއެއްގައި ތިބުމެވެ.