ވިލާ ގްރޫޕްގެ ފަރާތުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "ވިލާ ހާޑްވެއާ" ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ވިލާ އިން ހިންގަމުންދާ ޕެޓްރޯލް ޝެޑްގަ އެވެ.

ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، އެ ފިހާރައިގެ އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެންމެ ތައުރީފު ލިބިފައިވާ ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާ އެއްވަރަށް މި ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން،" އޭނާ ވިދާޅުވި އެވެ.

އެގޮތުން މި ފިހާރައިން ޕްރިމިއަމް ބްރޭންޑްތަކުގެ އެކި އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑް ޓޫލްސްތައް ހިމެނެ އެވެ. މި ހުރިހާ ޕްރޮޑަކްޓްތަކެއް ވެސް ހޯލް ސޭލް އަދި ރީޓެއިލްކޮށް ވެސް ލިބިގެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ވިލާ ފޭސް 1 ޕެޓްރޯލް ޝެޑުގައި ހުޅުވި ވިލާ ހާޑްވެއާގައި ހުރި އުފެއްދުންތަކެއް ބަޔަކު ބަލަނީ. ފޮޓޯ: ވިލާ ގްރޫޕް

ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ފްލައިވުޑްގެ ވައްތަރުތަކަށް ބަލާއިރު ރާއްޖެ މާކެޓުގައި އިތުބާރުހުރި މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ލިބެން ހުންނާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ގިނަ ހާޑްވެއާ ޕްރޮޑަކްޓްތައް ލިބެން ހުންނަ ވިލާ ހާޑްވެއާ އިން ކޮންޑިއުޓް ހޮޅީގެ ވައްތަރުތައް ވެސް އެބަ ހުއްޓެވެ. ތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް ނުވަތަ ކޮންޑިއުޓް މަޑު ހޮޅި ހިމެނެ އެވެ.

ވިލާ ހާޑްވެއާ އިން ލިބޭ އިތުރު ސާމާނުގެ ތެރޭގައި ލިޓަފްލެކްސް ފިޓިންގްސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިންގް، ކޮމްޕާޓްމަންޓް ޓްރަންކިންގް، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިންގް ހިމެނެ އެވެ.

"ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕަވަޓޫލްސް އާއެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސްތަކުގެ އެކްސަރީސް ބޭނުން ކުރެވޭނެ. އެހެންކަމުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ބޭނުންވާ ނަމަވެސް ކުރީގެ އެކްސަރީސް ބޭނުންކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޮންޑިއުޓް ހޮޅިއަށް ބޭނުންވާ ފިޓިންގްސް ވެސް މިހާރު އަޅުގަނޑުމެން އެބަ ވިއްކަން. މިއީ ކޮންޑުއިޓް ހޮޅިތަކާ އެއް ފެންވަރަކަށް ތައްޔާރުކޮށްފައިވާ، ކޮލެޓީ ފިޓިންގްސް،" ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވިލާ ހާޑްވެއާ އިން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ކޮލިޓީ ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ޕްރޮޑަކްޓްތަކާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7211333 ނަންބަރަށް ވައިބާ ކޮށްގެން މައުލޫމާތު ލިބޭނެ އެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.