ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އަލުން އައްޔަންކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
  2. ޔޫޝަޢު ސައީދު، ހ. ސޭންޑީ ބީޗް (ޗެއާޕާސަން)
  3. އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  4. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
  5. އަބްދުالله ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އަބްދުالله ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ. ފުވައްމުލައް
  7. އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

  1. އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
  2. އަހުމަދު މުހައްމަދު، ގ. އުފާ
  3. އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުން އޮތީ ރޭ އިސްލާމީ މަރުކަޒުގައި އޮތް އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގަ އެވެ. އެ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 40ރ. ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވެ އެވެ.

މިއީ ބޭންކުން މިދިޔަ އަހަރު ހިއްސާދާރުންނަށް ބެހި އަދަދަށް ވުރެ 44 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48ރ. ބެހި އެވެ.

ހިއްސާދާރުންގެ ފައިދާ ދަށްވި އިރު ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާ ވެސް ވަނީ 300 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު އެ ބޭންކްގެ ޖުމްލަ ފައިދާ ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.

ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.