ކާބޯތަކެތިވިޔަސް ގޭތެރެއަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް ގަންނަން އެކި ފިހާރަތަކަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބާޒާރުކުރަން ނިކުންނައިރު ބޭނުން ވަނީ އާއްމުކޮށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފިހާރަކުން ހޯދާށެވެ. އެކަމަށް ހައްލު ހޯދައިދެނީ ވިލާ މާޓުންނެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ބުއިންތަކާއި ފެންވަރު ރަނގަޅު ކާބޯތަކެތީގެ އެކި ވައްތަރުތަކާއި ގޭތެރެއަށް ބޭނުންވާ އެކި ތަކެތި އަދި ކޮސްމެޓިކްސް އާއި ނަން ހުސްކޮށް އެކި ސަމާނު މާލޭގައި ހުންނަ ވިލާ މާޓުގެ ހަތަރު ފިހާރައިން ހެޔޮއަގުގައި ލިބެން ހުންނާނެ އެވެ.

ވިލާ މާޓްގެ އަމާޒަކީ އެކުވެރި މާހައުލެއްގައި ހުރިހާ ފަރުދުންނާއި އާއިލާތަކުގެ ޑިމާންޑާއި އުއްމީދުތައް ފުއްދައިދީ، ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމެވެ.

ވިލާ މާޓުން މީހަކު ވިޔަފާރިކުރަނީ. ވިލާ މާޓްގެ ފިހާރަތަކުން އާއްމުކޮށް ބޭނުންވާ ހުރިހާ ބާވަތެއް ލިބެން ހުރޭ. ފޮޓޯ: ވިލާ މާޓް

ވިލާ މާޓުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ސިއްހަތަށް ފައިދާހުރި، ކަސްޓަމަރުންނަށް ބޭނުންވާ ލެކްޓޯޒް ފްރީ އަދި ގްލޫޓަން ފްރީ އުފެއްދުންތައް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން އަލްމަރައި ޑެއިރީ ޕްރޮޑަކްޓްސް، ޕާސްތާ ރޭންޖް އޮފް އޮޓިމާ، ހޯލް ފުޑްސް އޮފް ބޮބްސް ރެޑް މިލް، ފެނާގެ ސިއްހަތަށް ފައިދާހުރި ބުއިންތައް، ޕްލެއިން ސޮލެއިލްގެ ވެޖިޓަބަލް މިކްސް އަދި އެޕެޓައިޒާ ބާވަތްތަކާއި، ޔުނިކް ފްލޭވާޑް ޓޯނީސް ޗޮކްލެޓް، ތަމީމް ބާސްމަތީ ރައިސް، ހިކި މޭވާ، ރޮސްޓާގެ ވައްތަރުގެ ނަޓްސް އާއި ގާޑަންސް ބްރޭންޑް ޖޭމް ވެސް ވިލާ މާޓުން ލިބެން ހުރެ އެވެ.

ކާބޯތަކެއްޗާއި ބުއިންތަކުގެ އިތުރުން ސްޓޭޝަނަރީ، ކޮސްމެޓިކްސް، ގޭތެރެ ސާފުކުރާ ސާމާނާއި އެހެނިހެން އަސާސީ ޒަރޫރީ ބޭނުންތައް ވެސް ކޮންމެ ދުވަހަކު ބޭނުންވާ ތަކެތި ވިލާ މާޓުން ހެޔޮއަގުގައި ލިބެ އެވެ.

ހޯލްސޭލް އަދި ރީޓެއިލްއަށް މި ހާއްސަ އުފެއްދުންތައް ވިލާމާޓުންނާއި ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރުން ފޮނުވައިދެ އެވެ. އަދި 7667711 މެދުވެރިކޮށް ގުޅައިގެން ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފަހުގެ އަޕްޑޭޓް ހޯދޭނެ އެވެ. ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަށް 24 ގަޑިއިރު ހިދުމަތް ދޭން ވިލާ މާޓުން ތިބީ ތައްޔާރަށެވެ. ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމާއި ހިތްހަމަޖެހުމަކީ ވިލާ މާޓުގެ ކާމިޔާބީގެ ސިއްރެވެ.

ވިލާ މާޓުން ވިޔަފާރިކޮށްގެން ބަޔަކު ނުކުންނަނީ. ވިލާ މާޓްގެ ފިހާރަތަކުން އާއްމުކޮށް ބޭނުންވާ ހުރިހާ ބާވަތެއް ލިބެން ހުރޭ. ފޮޓޯ: ވިލާ މާޓް

އެ ކުންފުނީގެ ލޮބުވެތި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށްޓަކައި، ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، އުނދަގުލަކާ ނުލައި ވިޔަފާރި ކުރެވޭނެ މަގު ވެސް ތަނަވަސްކޮށްދީފަ އެވެ. އެ ވެބްސައިޓުން ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އެ ވެބްސައިޓަކީ އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ވިލާ މާޓުގައި ވިއްކަން ބަހައްޓާފައި ހުރި ތާޒާ މޭވާތަކެއް. މިތަނުން އަބަދުވެސް ތާޒާ މޭވާ ލިބެންހުރޭ. ފޮޓޯ: ވިލާ މާޓް

ވިލާ މާޓްގެ އަބަދުވެސް އަމާޒަކީ ކޮސްމެޓިކްސް އާއި ގޭތެރޭގެ އެހެނިހެން ސާމާނު ފަދަ އެހެނިހެން ބާވަތްތަކާއެކު ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް ބާޒާރަށް ފޯރުކޮށްދިނުމެވެ. އަދި ވިލާ މާޓުން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންވާ އުފެއްދުންތައް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތް ހަމަޖަސައިދީ އެ ބޭނުންތައް ފުއްދައިދިނުމެވެ.