ސިބްކޯއިން "ވަން ބާޒާރު"ގެ ނަމުގައި ތަފާތު ކޮންސެޕްޓެއްގެ ހޯލްސޭލް މާޓެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނީގެ މާކެޓިން މެނޭޖަރު ހާނީ ނައީމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިމްޕޯޓްކޮށްފައިވާ ކޮލިޓީ ރަނގަޅު އަދި ގިނަ ބާވަތްތަކެއްގެ މުދާ އެއް ފުރާޅެއްގެ ދަށުން އެކަށީގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

"އާންމުކޮށް ހުންނަ ހޯލްސޭލް ވިޔަފާރިތަކާއި ޚިލާފަށް ވަން ބާޒާރަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވިޔަފާރިއާ ގުޅޭގޮތަށް ކަސްޓަމަރުން މާޓަށް ޒިޔާރަތްކޮށް ހަރުތައް ބަލައިލާ އެބޭފުޅަކު ޚިޔާރުކުރައްވާ މުދާ ސީދާ ނެންގެވޭނެ ގޮތަށް ހުޅުވާލެވިފައިވާ މާޓެއް. އާދައިގެ މަތިން އިރުއޮއްސުމަށްފަހު ހޯލްސޭލް ވިޔަފާރިތަށް ބަންދުވި ނަމަވެސް ގަނޑުކޮށް މުދާ ނަންގަވާ ފަރާތްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރައްވާ ފަރާތްތަކަށް ވަން ބާޒާރުގެ ސަބަބުން ގިނަގުނަ ފައިދާތަކެއްވާނެ،" ހާނީ ވިދާޅުވި އެވެ.

ސިބްކޯ އިން މާލޭގައި އަލަށް ހުޅުވި "ވަން ބާޒާރު" ފިހާރަ. މިއީ އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މުދާ މިކްސްޑް ހޯސޭލްކޮށް ވިއްކުމަށް ހުޅުވި މާޓެއް. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ހޯލްސޭލްކުރާ ކާރުބާރު ބޮޑު ބާޒާރު ސަރަހައްދާ ދުރުގައި، ފާމުދޭރިމަގުގައި ހުންނަ މ. ގްލޯރީ އާގޭގައި ވަން ބާޒާރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00ން ރޭގަނޑު 9:00 އަށެވެ.

އޭނާ ވިދާޅުވީ އެ ފިހާރަ ހުޅުވާފައި ހުންނަ ގަޑި ހަމަޖައްސާފައި ވަނީ ވިޔަފާރީގައި އަވަދިނެތި އުޅޭ ފަރާތްތަކަށް ރޭގަނޑުގެ ވަގުތު ވެސް ޒިޔާރަތްކޮށް، އެތަނުގެ ލުއިފަސޭހަކަން ތަޖުރިބާކޮށްލެވޭނެ ގޮތަށް ކަމަށެވެ.

ސިބްކޯއަކީ ފުޅާދާއިރާއެއްގައި މިދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭން ބޭރުން ގިނަ ބާވަތްތަކެއްގެ މުދާ އިމްޕޯޓްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މުދާ ފޮނުވަމުންދާ ކުންފުންޏެކެވެ.

ސިބްކޯ އިން މާލޭގައި އަލަށް ހުޅުވި "ވަން ބާޒާރު" ފިހާރަ. މިއީ އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މުދާ މިކްސްޑް ހޯސޭލްކޮށް ވިއްކުމަށް ހުޅުވި މާޓެއް. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

އެ ކުންފުނީގެ ޕްރީމިއަމް ބްރޭންޑްތަކުގެ ތެރޭގައި އަލްމުދިޝް، ފްރެޝް، މަމީޕޮކޯ ޕޭންޓްސް، ޑެޑީ ނޫޑްލްސް، ޑިއުރަސަލް، ފަލަކް، ގުޑްޑޭ، ނެސިއޮނާލް، ސެލްޕަކް، ޓެޓްލީ އަދި ވޮންޑާ ހިމެނެއެވެ. ސިބްކޯގެ ހޯލްސޭލް ފިހާރަތައް ހުޅުވިފައި ހުންނަނީ މާލެ، ފުވައްމަލައް އަދި އައްޑޫ ސިޓީގައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެކުންފުނީގެ ފަރާތުން ފެމިލީ ގްރޯސާގެ ނަމުގައި ޖަނަވަރީ މަގުގައި ޒަމާނީ ސުޕަމާޓެއް ހުޅުވާފައިވެ އެވެ.

ވަން ބާޒާރަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސް ވަނަ ފިހާރަ އެވެ.