ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފި އެވެ.

ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ ޖޫންމަހުގެ އެއްވަނަ ދުވަހު އެވެ. މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ އެވެ. 15،000 ރުފިޔާ އިން ފެށިގެން 25،000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓެއް އަދި 25،000 ރުފިޔާ އިން ފެށިގެން 35،000އާ ދެމެދުގެ މުދަލުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭއިރު 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ މި ޕެކޭޖްތަކުގެ ނަންތައް ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގަ އެވެ.

އެސްޓީއޯ މަގޭ ހިޔާ ފްރޮމޯޝަން މިހާރު ފެށިގެން ކުރިއަށް އެބަދޭ ---

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި, އެސްޓިއޯ ކްރެޑިޓް ސްކީމު މެދުވެރިކޮށް މުދާ ނަންގަވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ގައި ކަސްޓާމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމަތު އަދި އައިޑީ ކާޑު ބޭނުން ވާނެ އެވެ.