އުރީދޫ މޯލްޑިވްސްގެ މޯބައިލް މަނީ ޕްލެޓްފޯމް، އެމް-ފައިސާއިން ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިޕޮރޮމޯޝަން އަކީ އެމްފައިސާ ބޭނުންކޮށް ފިންސް ޑައިވް އެންޑް ލެއިޝަރ ހޮޓަލާއި ޑްރީމް އިން ގެސްޓް ހައުސްގައި އެމް-ފައިސާ ބޭނުންކޮށްގެން މަދުވެގެން ދެ ރޭގެ ޗުއްޓީއަށް ފައިސާ ދައްކާ ފަރާތްތަކަށް ހިލޭ އެއް ރޭގެ ސްޓޭ ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމަށެވެ.

މިއީ ހަމައެކަނި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުނެ އެވެ.

އަލިފް އަލިފް އަތޮޅުގެ ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލެއިޝަރ ގެސްޓްހައުސްއަކީ ތިން ތަރީގެ ހޮޓަލެކެވެ. ފަހި ބަގީޗާއަކާއި، ލައުންޖަކާއި، ރެސްޓޯރެންޓެއް ހިމެނޭ މި ގެސްޓްހައުސްއަކީ ހަމަހިމޭން މާހައުލެއްގައި ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަޒިލެވެ. މި ގެސްޓްހައުސްގައި ފަސް ޑިލަކްސް ރޫމް އަދި އެއް ސުޕާ ޑިލަކްސް ރޫމް ހުރެ އެވެ. މިއިން ކޮންމެ ރޫމެއްގައި ތިން، ބޮޑެތި މީހުން ނުވަތަ ދެ ބޮޑެތި މީހުންނާއި ކުޑަކުއްޖަކަށް ހުރުވޭނެ އެވެ. އަދި މިއިން ކޮންމެ ކޮޓަރިއެއްގައި ފްލެޓް ސްކްރީން ޓީވީ، މިނީ ފްރިޖް، ސޭފް، އަދި ވޯޑްރޯބެއް ހުންނާނެ އެވެ. މީގެއިތުރުން ހޫނާއި ފިނި ފެން، ކޮންޕްލިމެންޓަރީ ޓޮއިލެޓްރީޒްވެސް ހުންނާނެ އެވެ. މި ގެސްޓްހައުސްގައި ގެސްޓުންނަށް ހާއްސަ ޑައިނިން އޭރިއާއެއް، ކޮމިއުނަލް ލައުންޖް ހުންނައިރު، ހިލޭ ވައިފައިވެސް ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ތުލުސްދޫގައި ހުންނަ ޑްރީމް އިން އިން ޕްރީމިއަމް ކްލާސް ތިން ތަރީގެ ގެސްޓްހައުސްއެކެވެ. އެ ތަނުގައި ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓެއް ހުރެ އެވެ. އެ ހޮޓަލުގައި އަރާމު ޑިލަކްސް ރޫމްތަކާއި ސުޕަ ޑިލަކްސް ރޫމްތައް ހުންނައިރު، ކޮންމެ ކޮޓަރިއެއްވެސް އެއަރ ކޮންޑިޝަން، ކްލޯޒެޓް، ސޭފް، ހެއަރ ޑްރަޔާ، ހޮޓް އެންޑް ކޯލްޑް ފެން ލިބޭ ފާހާނާ، ފެންވަރާ ސާމާނު އަދި ތުވާލި ލިބެން ހުރެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީކޮށް، ޔުޓިލިޓީ ބިލް ދެއްކުމާއި، ޕާޓްނަޝިޕް ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމުގައި އެކްސްކްލޫސިވް އޮފާތައް ހިމެނޭ ގޮތަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީ ކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔައެވެ. އެމް-ފައިސާގެ ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓް އިތުރަށް ފުރިހަމަ ކުރެވޭނީ ބީއެމްއެލް، އެސްބީއައި، އަދި އެމްއައިބީ ފަދަ ލީޑިން ބޭންކުތަކުގެ އިތުރުން ހުއްދަ ލިބިފައިވާ އެމް-ފައިސާ އޭޖެންޓުން މެދުވެރިކޮށް އޮންލައިންކޮށް ކޭޝިންކޮށްގެންނެވެ.